ޑާކާ (ޖެނުއަރީ 16) - ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންގޮސް ދެ އަހަރު ތެރޭ އެ މައްސަލަ ހައްލު ކުރަން ބަންގްލަދޭޝް އާއި މިއަންމާ އިން އެއްބަސްވެއްޖެ އެވެ.
16 ޖެނުއަރީ 2018
ޑާކާ (ޖެނުއަރީ 16) - ރޮހިންޖާ ރެފިއުޖީން އަނބުރާ ރަކީން ސްޓޭޓަށް ގެންގޮސް ދެ އަހަރު ތެރޭ އެ މައްސަލަ ހައްލު ކުރަން ބަންގްލަދޭޝް އާއި މިއަންމާ އިން އެއްބަސްވެއްޖެ އެވެ.
ރޮހިންޖާ ރެފިއުޖީން އަނބުރާ މިއަންމާ އަށް ގެންދަން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނީ އަނބުރާ ރަކީން އަށް ދާ ރެފިއުޖީންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދެވެންދެން އެ މީހުން ތިބޭނީ މިއަންމާ އިން ހަމަޖައްސާ ވަގުތީ ހިޔާތަކުގައި ކަމަށެވެ. މި ގޮތުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭ ރެފިއުޖީން އަނބުރާ ފޮނުވުމަށް ބަންގްލަދޭޝްގައި ވަނީ ފަސް ޓްރާންސިޓް ކޭމްޕް ގާއިމް ކުރަން ނިންމައިފަ އެވެ. އަދި ރެފިއުޖީންނާ ހަވާލުވުމަށް މިއަންމާގައި ދެ ސެންޓަރެއް ގާއިމް ކުރާނެ އެވެ.
ބަންގްލަދޭޭޝް އިން ބުނީ ހަފުތާއަކު 1،500 ރެފިއުޖީންނާ ހަވާލުވުމަށް މިއަންމާ އިން އެއްބަސްވެފައިވާ ކަމަށެވެ.
ރޮހިންޖާ މުސްލިމުން ރަކީން ސްޓޭޓް ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަކުރަން ފެށީ މިދިޔަ އޮގަސްޓް މަހު ފަހުކޮޅު މުސްލިމުންގެ އަވަށްތަކުގައި މިއަންމާ ސިފައިން އަނިޔާވެރި އަމަލުތައް ހިންގަން ފެށުމުންނެވެ. މުސްލިމުންގެ ގެދޮރުގައި އަލިފާން ޖަހާ އަންހެނުންގެ އިއްފަތް ނަގާލާ އަދި އެތައް ބަޔަކު މަރަން ފެށުމުން ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީންގެ އަދަދު 650،000 އަށް އަރަ އެވެ. މިއަންމާ ސިފައިންގެ އަނިޔާވެރި އަމަލުތައް އދ. އިން ސިފަކޮށްފައި ވަނީ ނަސްލެއް ނެތިކޮށްލުމުގެ ދަރަޖައިގަ އެވެ.
ރޮހިންޖާފޭލިގެތައް އަނދައި ގިނަ ބަޔަކު ގެދޮރު ނެތިފައި
ރޮހިންޖާ މައްސަލަ ހައްލު ނުވެ ފަސް އަހަރު
ރޮހިންޖާ ރެފިއުޖީން ފޮނުވައިލުމަށް ޗައިނާގެ އެހީ ހޯދަނީ
ރޮހިންޖާ ފޭލިގޭގައި ރޯވެ، އެތައް ބަޔަކު ހާލުގަޖެހިފައި
ރޮހިންޖާ ރެފިއުޖީން އެހެން ރަށަކަށް ބަދަލު ކުރަނީ
ސަލާމަތީ މަޖިލީހުގެ މަންދޫބުން ރޮހިންޖާ ކޭމްޕްތަކަށް
ރޮހިންޖާ ރެފިއުޖީން އަނބުރާ ގެންދާކަށް ނުފަށާ: ބަންގްލަދޭޝް
މިއަންމާއަށް ގެންދާ ރޮހިންޖާ މީހުންގެ ލިސްޓްހަވާލުކޮށްފި
ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ފޮނުވުން މަޑުޖެހިއްޖެ
ރޮހިންޖާ ރެފިއުޖީން މިއަންމާ އަށް ދާން ދެކޮޅު ހަދަނީ