މޮސްކޯ (ޖެނުއަރީ 16) - ނިމިގެން ދިޔަ ޑިސެމްބަރު މަސް ހިމެނިފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ގާތްގަނޑަކަށް އަވި ނުދޭ މަހެއްގެ ގޮތުގައި ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ބުނެފި އެވެ.
16 ޖެނުއަރީ 2018
މޮސްކޯ (ޖެނުއަރީ 16) - ނިމިގެން ދިޔަ ޑިސެމްބަރު މަސް ހިމެނިފައި ވަނީ ރަޝިޔާގެ ވެރިރަށް މޮސްކޯ އަށް ގާތްގަނޑަކަށް އަވި ނުދޭ މަހެއްގެ ގޮތުގައި ކަމަށް މޫސުމާ ބެހޭ އޮފިޝަލުން ބުނެފި އެވެ.
ރަޝިޔާގެ މޫސުމާ ބެހޭ މައި މަރުކަޒުން ބުނީ މުޅި ޑިސެމްބަރު މަހު މޮސްކޯ އަށް އަވިދީފައި ވަނީ އެންމެ ހަ މިނިޓް ކަމަށެވެ. ވިންޓާގައި ރަޝިޔާ އަށް އާދަޔާޚިލާފަށް ފިނިވި ނަަމަވެސް މި ހަފުތާގައި ފިނިމިން ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފަ އެވެ. ޔަކޫޝިއާ ނުވަތަ އާއްމުކޮށް ކިޔާ ގޮތުން ނަމަ ސަޚާ ރިޕަބްލިކުގެ ފިނިހޫނުމިން ވަނީ 60- ޑިގްރީ ސެލްސިއަސް އަށް ވެއްޓިފަ އެވެ. މޮސްކޯގައި ހުރީ 7- ޑިގްރީ ސެލްސިއަސްގަ އެވެ.
ރަޝިޔާގެ އެންމެ ފިނި ސަރަހައްދު ކަމަށްވާ ޔަކޫޝިއާގެ މީހެއްގެ މި ފޮޓޯ ދަނީ ސޯޝަލް މީޑިއާގައި ވައިރަލްވަމުން.
ފިނިހޫނުމިން 50- އަށް ދިއުމުން ރަޝިޔާގެ ސްކޫލްތައް ބަންދުކޮށް ކުޑަ ކުދިން ބޭރަކަށް ނުނެރެ އެވެ.
މޮސްކޯ އަށް މީގެ ކުރިން އެންމެ އަނދިރި ޑިސެމްބަރެއްގެ ގޮތުގައި ފާހަގަ ކުރެވުނީ 2000 ވަނަ އަހަރު އެވެ. އެ ފަހަރު މުޅި މަހުގައި އަވިދީފައި ވަނީ ތިން ގަޑިއިރެވެ.
ރަޝިޔާގެ އެންމެ ފިނި ސަރަހައްދުތަކުގެ ތެރޭގައި ސައިބީރިއާ ހިމެނޭ.
އެންމެ ފިނި ސަހަރު، މައިނަސް 50 ދަރަޖައިގައި
ބޯކޮށް ވާރޭ ވެހި، ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ
އުތުރަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދެފި
އެމެރިކާއިން ބޭނުންވަނީ ޒެލެންސްކީގެ އިސްތިއުފާ؟
ޔުކްރެއިން ހަނގުރާމަ މެދުކަނޑާލަން ހުށަހަޅައިފި
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް