Roadha Mihaaru
"ރެއާލުން ނޭމާ ގަންނާނީ ރޮނާލްޑޯ ވިއްކާލާފައި"

ރެއާލުން ނޭމާ ގަންނާނީ ރޮނާލްޑޯ ވިއްކާލާފައި: ކަލްޑެރޯން

17 ޖެނުއަރީ 2018

މެޑްރިޑް (ޖެނުއަރީ 17) - ރެއާލް މެޑްރިޑުން ބްރެޒިލްގެ ތަރި ނޭމާ ގަންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލާފައި ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖެނުއަރީ 17) - ރެއާލް މެޑްރިޑުން ބްރެޒިލްގެ ތަރި ނޭމާ ގަންނާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލާފައި ކަމަށް އެ ކްލަބްގެ ކުރީގެ ރައީސް ރާމޮން ކަލްޑެރޯން ބުނެފި އެވެ.

ކަލްޑެރޯން ބުނީ ބޮޑު ޓްރާންސްފާއެއް ހިންގުމުގެ ކުރިން ރެއާލުން އަަބަދުވެސް މީޑިއާގައި ތަފާތު ވާހަކަތައް ގެންގުޅޭނެ ކަމަށެވެ. އަދި ރެއާލުގެ މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިސްނަމުންދަނީ ރޮނާލްޑޯ ވިއްކާލުމަށް ފަހު ނޭމާ ގަތުމަށް ކަމަށެވެ.

"މިކަހަލަ ހަބަރުތައް މީޑިއާ އިން ފެނުމުން މީހުންގެ ހަރަކާތްތައް ހުންނަ ގޮތް ރެއާލުން ބަލަން ބޭނުންވާނެ. ރެއާލަކީ ބޮޑު ފޭން ބޭސް އެއް އޮތް ބޮޑު ކްލަބެއް. ބޮޑު ޓްރާންސްފާއެއް ހިގުމުގެ ކުރިން ގިނަ މީހުންނަށް ވަކި މައުލޫމާތުތަކެއް ގަސްދުގައި ލީކްކޮށްލާނެ،" ކަލްޑެރޯން ބުންޏެވެ.

"ގިނަ ބަޔަކަށް މިއީ ސަމާސާއެއް ކަމަށް ވެސް ހީވެދާނެ. އެކަމަކު ރެއާލަކީ އެ ކްލަބުން ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި ފަސް ޖެހޭ ކްލަބެއް ނޫންކަން ތާރީހު ހެކިދޭ."

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދާދި ފަހުން ހޯދި ރޮނާލްޑޯ މިހާރު ހުރީ ފޯމު ގެއްލިފަ އެވެ. ފަހަކަށް އައިސް ރޮނާލްޑޯގެ ފަރާތުން ފެންނަ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ރެއާލުގެ ނަތީޖާތައް ދަށްވެފައިވަނީ ރޮނާލްޑޯ އަށް އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކޭތީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ އޭނާ ފެނުން އެންމެ ގާތީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެހެން ނަމަވެސް ސްޕެއިނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭމާ ގަންނަން ރެއާލުން ހުށަހަޅާއިރު ރޮނާލްޑޯ ވެސް އެ ކްލަބަށް ދޫކޮށްލުމަށް އެ ކްލަބުން އަންނަނީ ވިސްނަމުންނެވެ.

"މިއީ ރޮނާލްޑޯ އަށް ގަސްދުގައި ކްލަބް ދޫކޮށްލަން ދެވޭ ޕްރެޝަރެއް. މިއީ ރެއާލުން ބޭނުންވެގެން ރޮނާލްޑޯ އަށް ދޭ ޕްރެޝަރެއް ކަމަށް ވެސް ވެދާނެ. ބައެއް ފަހަރު ކްލަބްތަކުން ކުޅުންތެރިން ވިއްކާލުމުގައި މީޑިއާގެ ބޭނުން ހިފާނެ. ނޭމާގެ ޑީލް ރެއާލަށް ކުރިއަށްގެންދެވޭނީ ރޮނާލްޑޯ ވިއްކާލައިގެން. އެއީ ރެއާލްގެ ވިސްނުން،" ކަލްޑެރޯން ބުންޏެވެ.

ކަލްޑެރޯން ރެއާލުގެ ރައީސަކަމަށް ހޮވުނީ 2006 ވަނަ އަހަރަށެވެ. އޭނާ އެ މަގާމުން ދުރުވީ 2009 ވަނަ އަހަރު އެވެ.