ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ ދެ ދަރިވަރަކަށް މި ހަފުތާގައި ބަޔަކު ދިން ހަމަލާއަކީ، ސްކޫލް ކުއްޖަކަށް ވީތީ ދިން ހަމަލާއެއް ނޫން ކަމަށާއި އެކަމުން ސްކޫލު މާހައުލަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
18 ޖެނުއަރީ 2018
ތާޖުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ ދެ ދަރިވަރަކަށް މި ހަފުތާގައި ބަޔަކު ދިން ހަމަލާއަކީ، ސްކޫލް ކުއްޖަކަށް ވީތީ ދިން ހަމަލާއެއް ނޫން ކަމަށާއި އެކަމުން ސްކޫލު މާހައުލަށް ނުރައްކަލެއް ނެތް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ ދެ ސްކޫލެއްގެ ދެ ދަރިވަރަކަށް ދިން ހަމަލާ އަށް ފަހު އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ ހާދިސާއަކީ ކިޔެވުން ނިންމާލާފައި ދަރިވަރުން ގެ އަށް ދާ ވަގުތާ ދިމާކޮށް ބަޔަކު ގަސްތުގައި ދިން ހަމަލާތަކެއް ނޫން ކަމަށެވެ.
އެހެންވެ ބެެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް އެކަމުގެ ނުރައްކަލެއް ނެތް ކަމަށް ވިދާުޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު ތާޖުއްދީން ސްކޫލް ތެރެއަށް ދެ މީހަކު ވަދެގަނެ އެ ސްކޫލްގެ ފިރިހެން ދަރިވަރެއްގެ ބޮލަށް ކަތުރެއް ހަރާލައި ޒަހަމްކޮށްލި އެވެ. އަދި ދަރުމަވަންތަ ސްކޫލްގެ ފިރިހެން ދަރިވަރަކު ސްކޫލް ނިމިގެން އިއްޔެ ގެއަށް ދަނިކޮށް މަގުމަތިން ބަޔަކު ދިމާކޮށް ވަނީ ވަޅި ހަރައިފަ އެވެ.
ފުލުހުން ވަނީ އެ ދެ ހާދިސާގައި އެއްވެސް ގުޅުމެއް ނެތް ކަަމަށް ބުނެފަ އެވެ.
ތާޖުއްދީންގެ ދަރިވަރަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ އިރު، ދަރުމަވަންތަ ސްކޫލުގެެ ދަރިވަރު ވެސް ވަނީ އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފަ އެވެ.
މާލޭގެ ހުރިހާ ސްކޫލެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ އިރު، ގިނަ ދަރިވަރުން ކިޔަވާ ސްކޫލުތައް ވަރަށް ރަނގަޅަށް ބަލަހައްޓާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަދައްކަަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޝިފާން ވިދާޅުވީ އެ ދެ ހާދިސާ އަށް ފަހު ސްކޫލު މާހައުލާ ގުޅޭ ގޮތުން ނުބައި ތަސައްވުރެއް އުފައްދަން ސޯޝަލް މީޑިއާ އަދި ބައެއް މީޑިއާތަކުގައި ވާހަކަ ދައްކާ ކަމަށެވެ. އެހެންވެ އެކަން ނުކުރަން އާއްމުންގެ ކިބައިން ފުލުހުން ވަނީ އުފެދިފަ އެވެ.
"ސްކޫލު މާހައުލަކީ ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިން ކަންބޮޑުވެ ހާސްވާ ޒާތުގެ ކަމެއް، މާހައުލެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ އެއްވެސް ކަމެއް ފެނިފައެއް ނުވޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ އެއް ކަމަކީ މި މުޖުތަމައަކީ ވަރަށް ފުޅާ މުޖުތަމައެއް ކަން. ކޮންމެ ދުވަހަކީ ވެސް ތަފާތު ކަންތައް ދިމާވާ ދުވަހެއް،" އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގެ ބޭނުމަކީ ވެސް، އެކަމުން ދަރިވަރުންނަށް ހެޔޮ ބަދަލުތައް އައުން ކަމަށެވެ. އަދި އެހެން މީހުންގެ އިތުބާރު ހޯދައި ދަރިވަރުން އުޅެންޖެހޭނެ ގޮތް ދަސްކޮށްދޭ ކަން ފާހަގަކުރެއްވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވަނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރަން އިތުރު މަސައްކަތްތަކެއް ކުރާނެ ކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ ބެލެނިވެރިން ސްކޫލް ތެރެއަށް ވަނުމަށްޓަކައި މިދިިޔަ އަހަރު ސްކޫލުތަކުގައި ޕޭރެންޓް ކާޑެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި ސްކޫލު ތެރޭގައި ވެސް، ދަރިވަރުން އުޅެން ޖެހޭ ގޮތްތަކުގެ އުސޫލެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.
ކުދިންގެ އަހުލާގު ގޯހުން ގޯހަށް، ހައްލެއް ބޭނުން
ގަދަ 10ގައި ހިމެނުނު އަދަދު އާ އުސޫލާއެކު މަދުވެއްޖެ
ފިލިޕީންސް ކޮލެޖަކާއެކު އެޑިއުކޭޝަނުން ސޮއިކޮށްފި
ކާމިޔާބީތަކާ އެކު ތައުލީމީ މިސްރާބު ރަނގަޅު:މިނިސްޓަރު
ފަސް މާއްދާއިން ފާސްވި އަދަދު 77 ޕަސެންޓަށް
ދަރިވަރުން މަދު ސްކޫލުތަކުގައި ވާޗުއަލްކޮށް ކިޔަވައިދެނީ
ޒަމާނީ ވަސީލަތްތަކާއެކު ކިޔަވައިދިނުން، ބޮޑު އަމާޒަކަށް
81،000 ކުދިންނާއެކު ކިޔެވުން ފަށައިފި
އާބާދީ މަދު ސްކޫލުތަކަށް މަލްޓި ގްރޭޑް ޓީޗިން ތައާރަފްކޮށްފި
އިނގިރޭސި މާއްދާ އަށް މޮޅީ ސިޓީތަކުގެ ދަރިވަރުން