Roadha Mihaaru
ކާމިޔާބީތަކާ އެކު ތައުލީމީ މިސްރާބު ރަނގަޅު:މިނިސްޓަރު

ބޮޑެތި ކާމިޔާބީތަކާ އެކު ތައުލީމީ ދާއިރާގެ މިސްރާބު ރަނގަޅު: މިނިސްޓަރު

26 މާޗް 2018

ސްކޫލުތަކާއި ކުޅިވަރުގެ މައިދާނުގައި ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކުން ތައުލީމީ ދާއިރާ ކުރިއަރަމުން އަންނަނީ ރަނގަޅަށް ކަން ޔަގީންކޮށްދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުތަކާއި ކުޅިވަރުގެ މައިދާނުގައި ދަރިވަރުން ހޯދަމުން އަންނަ ކާމިޔާބީތަކުން ތައުލީމީ ދާއިރާ ކުރިއަރަމުން އަންނަނީ ރަނގަޅަށް ކަން ޔަގީންކޮށްދޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އެސެސްމަންޓް އޮފް ސްކޫލް ނެޓްވޯކް ޓީމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް މާބްލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އާ މަންހަޖާއެކު ދަރިވަރުންގެ ކިޔެވުމާ ގުޅޭ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ ކަން ރާއްޖޭގެ ހުރިހާ ސްކޫލަކުން ވެސް ފެންނަ ކަމަށެވެ. އެކަން ދަރިވަރުންގެ ނަތީޖާ އިން ފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ސްކޫލު އެސެސްމަންޓް ނެޓްވޯކުގައި ހިމެނެނީ 15 ބޭފުޅުންނެވެ. އެއީ އެޑިއުކޭޝަން މިނިސްޓްރީ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންުޔޫ) ގުޅިގެން ހިންގި މާސްޓާސް އޮފް އެޑިއުކޭޝަން އެސެސްމަންޓް ކޯހުގެ ފުރަތަމަ ބައިވެރިންނެވެ.

ސްކޫލްތަކާއި ގޭގެ މާހައުލުން ދަރިވަރުންގެ އުނގެނުމަށް އަސަރުކުރާ ކަންތައްތަކާއި އެކަންތަކުން ދަރިވަރުންގެ ނަތީޖާއާ ގުޅުން ހުރި މިންވަރު ދެނެގަނެވިފައިވާ ކަމަށް ވެސް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލުތަކުގައި ޑައިގްނޯސްޓިކް ޓެސްޓުތަކެއްގެ ގޮތުގައި އެސެސްމަންޓް ތަކެއް ހެދި ކަމަށެވެ. އޭރު އެސެސްމަންޓް ހެދީ އެކި އަހަރު އެކި މާއްދާތަކަށް ކަމަށާއި އާ މަންހަޖާއެކު 2014 ވަނަ އަހަރުން ފެށިގެން ސްކޫލުތަކުގައި އިސްލާމާއި ދިވެހީގެ އެސެސްމަންޓުތައް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (މ) އަދި މިނިސްޓަރުގެ ނައިބު ޑރ. މުހުސިން (ވ-3). ނޭޝަނަލް ނެޓްވޯކް އޮން ސްކޫލް އެސެސްމަންޓްގެ މެމްބަރުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"މި ނޭޝަނަލް އެސެސްމަންޓުގައި ދިވެހި، އިނގިރޭސި އަދި ހިސާބު މާއްދާއިން ދަނީ އިމްތިހާނު ކުރެވެމުން. އެސެސްމަންޓުގައި ހިސާބު، އިނގިރޭސި އަދި ދިވެހި ބަހުން ގްރޭޑް 4 އަދި 7ގެ ދަރިވަރުންނަށް ހާސިލްވެފައިވާ މިންވަރު ދެނެގަތުމުގެ އިތުރަށް ދަރިވަރުން ހޯދާ ނަތީޖާ އަށް އަސަރުކުރާ ފަދަ ބައެއް ކަންތަކަށް ހޯދައި ދަރިވަރުންގެ ނަތީޖާއާ މިފަދަ ކަންތަކާ ގުޅުން ހުރި މިންވަރު ހޯދިފައިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެފަދަ އިމްތިހާނުތަކުގެ ނަތީޖާއިން ތައުލީމީ ދާއިރާގެ ކަންތައްތައް ރާވައި ނިންމުންތައް ނިންމަން ފަސޭހަވެގެންދާ ކަމަށާއި ފެންވަރު ރަނގަޅު ތައުލީމެއް ދިނުމަށް ސްކޫލުތަކުގެ އަމާޒު ބަދަލުވެ މުވައްޒަފުން ޒިންމާދާރު ކުރަން މަގުފަހިވެގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.