18 ޖެނުއަރީ 2018
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ވަކި ކަހަލަ އުސޫލްތަކަކާއި ހަމަތަކެއް ގެންގުޅޭ ދައުލަތުގެ މަދު މުއައްސަސާތަކުގެ ތެރެއިން އެއް ތަން ކަމަށް ހީކުރެވުނު ނަމަވެސް، ރޭ ވިލާ ހޮޓެލްސްގެ ރިސޯޓުތަކަށް އަރައި ހިންގި އަމަލުން އެނގެނީ، އެ ތަން ވެސް ސަރުކާރުން ހިންގާ ހަޑިހުތުރު އަމަލުތަކުގައި ބައިވެރިވާ ކަން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ވަކި ކަހަލަ އުސޫލްތަކަކާއި ހަމަތަކެއް ގެންގުޅޭ ދައުލަތުގެ މަދު މުއައްސަސާތަކުގެ ތެރެއިން އެއް ތަން ކަމަށް ހީކުރެވުނު ނަމަވެސް، ރޭ ވިލާ ހޮޓެލްސްގެ ރިސޯޓުތަކަށް އަރައި ހިންގި އަމަލުން އެނގެނީ، އެ ތަން ވެސް ސަރުކާރުން ހިންގާ ހަޑިހުތުރު އަމަލުތަކުގައި ބައިވެރިވާ ކަން ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
މ. ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ވިލާ ކުންފުނީގެ ފަސް ރިސޯޓަށް އެއްފަހަރާ އެރުމަކީ ހަމައެކަނި ގާސިމް އިބްރާހީމަށް ދިން ހަމަލާއެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ވިޔަފާރިވެރިންނަށް ދިން އިންޒާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދަނޑިވަޅުގައި ދިވެހި ވިޔަފާރިވެރިން ވެސް އެބަޖެހޭ ސޮލިޑަރިޓީ [އެއްބައިވަންތަކަން] ދައްކަން. ދިވެހި ވިޔަފާރިވެރިން ވެސް އެބަ ޖެހޭ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން. އެއް ވިޔަފާރިވެރިއަކަށް ދެވޭ ގެއްލުމަކީ ނުވަތަ އުދުވާނަކީ ހުރިހާ ވިޔަފާރިވެރިންނާ ދެކޮޅަށް ވެސް ހިންގޭ ޖަރީމާއެއްކަން ގަބޫލުކުރަން ޖެހޭ،" އަލީ ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންލަންޑް ރެވެނިއު އޮތޯރިޓީން ވެސް ވިޔަފާރިކުރާ ކުދިކުދި ތަންތަނަށް ވަދެ "ވަތްގަނޑަށް އަތްކޮށްޕައިގެން" ޓެކްސް ފައިސާ ނަގަމުންގެންދާ ކަމަށް އަޑުއިވިވަޑައިގަންނަވާ ކަމަށެވެ. އަދި ބޭންކުތަކުގައި ހުރި ބައެއް އަމިއްލަ މީހުންގެ ފައިސާ ވެސް އެނގުމަކާ ނުލައި މީރާ އިން ނަގަމުންދާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ.
"ރޭގައި ސަރުކާރުން އެ ދިނީ ވަރަށް ވަރުގަދަ އިންޒާރެއް. ބިރުވެރިކަން އާއްމުކުރަން [ސަރުކާރުން] މި އުޅެނީ. ސްކޫލް ކުދިންނަށް ހަމަލާދެނީ. ވިޔަފާރިވެރިންނަށް ހަމަލާ ދެނީ. ރިސޯޓުތަކަށް ހަމަލާ ދެނީ. ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް މީގެ ތެރެ އަށް ލައިގެން މިކުރާ ކަމަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން،" އޭނާ ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ވިޔަފާރިވެރިންނަށް ހަމަޖެހިލައިގެން ވިޔަފާރިކޮށްގެން ފައިދާ ހޯދުން މިހާރު ނިމުމަކާ ހިސާބަށް އައީ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އިން ރަލާއި އޫރުމަސް ދޫކުރާ ތަން ފިޔަވައި އެހެން ތަނަކަށް ގެންދޭތޯ ބެލުމުގެ ނަމުގައި ހިންގި އޮޕަރޭޝަނެއްގައި ކަސްޓަމުން ރޭގައި ވަނީ ވިލާ ގުރޫޕްގެ ފަސް ރިސޯޓަކަށް އަރައި އެކި ތަންތަން ބަލައި ފާސްކޮށްފަ އެވެ. އަދި މިއަދު ވެސް އޭގެ ތެރެއިން ބައެއް ރިސޯޓްތައް ބަލައި ފާސްކުރި އެވެ.
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
ސަރުކާރުން އުޅެނީ ގާސިމްގެ ވިޔަފާރި ބަނގުރޫޓުކޮށްލަން
ނުހައްގު ފައިސާތަކެއް ބޭރުކުރާ މައްސަލައެއް ހުށަހަޅައިފި
ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން
މެމްބަރު އަލީ ހުސައިން ފުލުހަށް ހާޒިރުވާން އަންގައިފި
ގާސިމްގެ މުދާ ވިއްކައި، ފައިސާތައް ހޯދަން ގޮވާލައިފި
ރާ އެތެރެކުރެވެނީ ރޯޔަލްއަށް އެކަނި؛ ހުސްވެދާނެ: ވިލާ
ވިލާ ފަހަތަކުން ނުދަން، ވަކި މީހަކާ ޖައްސައެއް ނުލަން
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ