21 ޖެނުއަރީ 2018
ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ، ކަސްޓަމްސްއިން ޚިލާފުވެފައިވާ ކަމަށާއި އެ ރިސޯޓުގައި ހުރި ރާތައް ގެންދިޔައީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށް ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ފަން އައިލެންޑް ރިސޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރާ، ކަސްޓަމްސްއިން ޚިލާފުވެފައިވާ ކަމަށާއި އެ ރިސޯޓުގައި ހުރި ރާތައް ގެންދިޔައީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށް ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދާ ރަލާއި އޫރުމަސް ފަން އައިލެންޑަށް ގެންދާ ކަމަށް ބުނެ، ގިނަ އަދަދެއްގެ ރާފުޅި ކަސްޓަމްސްއިން ރޭ ވަނީ އެ ރިސޯޓުން ބާލައިފަ އެވެ. ފަން އައިލެންޑުން ބުނީ ގެންދިޔަ ރާފުޅިތަކުގެ އަދަދެއް އަދި ސާފުނުވާ ކަމަށާއި އެކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފަން އައިލެންޑް ރިސޯޓުގެ ގުދަނުގައި ހުރި ރާ ގެންދަން ކަސްޓަމްސްގެ އޮފިސަރުން ރޭ މަސައްކަތް ކުރަނީ.
މި މައްސަލާގައި، ސަން އައިލެންޑުގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ގައިސަރު ވިދާޅުވީ، ފަން އައިލެންޑުގައި ހުރި މުދާތައް ބޭރު ކުރުމުގެ ބާރެއް ކޯޓު އަމުރުން ކަސްޓަމްސްއަށް ދީފައި ނެތް ކަމަށެވެ. އަދި މުދާތައް ރިސޯޓުން ބާލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ގައިސަރު ވިދާޅުވި އެވެ.
ސަން އައިލެންޑްގައި ޗުއްޓީ ހޭދަކުރަން އައިސް ތިބި ދެ ފަތުރުވެރިއަކު އިއްޔެ ހިނގާފައި ދަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެއީ ގާނޫނާއި ގަވައިދާ ޚިލާފަށް ތަންތަނަށް ގެނެސްފައި ހުރި ތަކެއްޗެއް ނޫން. އެބޭފުޅުންގެ [ކަސްޓަމްގެ] ތެރެއިން މިތަނަށް [ސަން އައިލެންޑަށް] އައި ބޭފުޅުން ވެސް ވިދާޅުވި ރަނގަޅަށް ކަމަށް އެތެރެކޮށްފައި ހުރީ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ބަދަލު ކުރެވޭނެ ކަމަށް ކަސްޓަމްގެ ބޭފުޅުން ވިދާޅުވި،" ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރު ގައިސަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކުރުމާ ގުޅިގެން، ރޯޔަލް އައިލެންޑް ފިޔަވައި ވިލާގެ އަނެއް ހަތަރު ރިސޯޓަށް ބަނގުރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ ކަސްޓަމްސްއިން ހުއްޓާލާފައިވާ ކަމަށެވެ.
ރޯޔަލް އައިލެންޑް ރިސޯޓު އުފައްދާފައި ވަނީ އައިލެންޑް ޓްރެވަލް އެންޑް ޓްރޭޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ދަށުން ކަމަށް ވިޔަސް، އެ ރިސޯޓު އޮޕަރޭޓް ކުރަމުން އަންނަނީ ވިލާއިން ކަން ގައިސަރު ފާހަގަކުރެއްވި އެވެ. ރޯޔަލް އައިލެންޑުން އެހެން ރިސޯޓުތަކަށް ރަލާއި އޫރުމަސް ފަދަ ތަކެތި ގަވާއިދުގެ ތެރެއިން ގެންދެވޭ ކަމަށާއި މިހާތަނަށް ވެސް އެކަން ހިންގީ އެގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މީހެއްގެ މުދާ، އަޅުގަނޑުމެން ފައިސާ ދީފައި، ދައްކަން ޖެހޭ ޓެކުހާއި އެއްޗެހި ދައްކައިގެން މިތަނަށް ގެނެސްފައި ހުރި އެއްޗެހިތައް [މިއީ]. އެހެންވީމަ މީހެއްގެ މުދާ އެގޮތަށް ފޭރިގަނެގެން ނުގެންދެވޭނެ. ގާނޫނުއަސާސީގައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ދިނުމަށް ވަރަށް ބޮޑަށް ބާރު އަޅާފައި އޮންނަނީ،" ސަން އައިލެންޑްގައި ހުންނަވައި ގައިސަރު ވިދާޅުވި އެވެ.
ސަން އައިލެންޑްގެ ބާ ތެރޭގައި މީހަކު މަސައްކަތް ކުރަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑްގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރުމަސް އެތެރެކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗް 22 އިން ފެށިގެން ވަނީ ހުއްޓާލާފަ އެވެ. އެ ފިޔަވަޅު އެޅީ ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި، މީރާ އަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.
ކަސްޓަމްސްއިން ބުނެފައިވަނީ ރަލާއި އޫރުމަސް ދޫކުރަމުން ގެންދަނީ ވަކި ތަނަކަށް ގެންދިއުމަށް އިގުރާރު ވުމަށް ފަހު ކަމަށް ވާއިރު އެ ތަކެތި އެހެން ތަންތަނަށް ގެންގޮސް ވިއްކައި، ބޭނުން ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
އެކަމަކު ވިލާ ކުންފުނިން ބުނަނީ އެހެން ރިސޯޓަކަށް އެތެރެކުރާ ރަލާއި އޫރުމަސް އެ ކުންފުނީގެ އެހެން ރިސޯޓުތަކަށް ގެންގޮސް ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ރޯޔަލްއަށް ގެންދާ ރަލާއި އޫރުމަސް ވިލާގެ އެހެން ރިސޯޓުތަކަށް ގެންދަނީ، އުސޫލުތަކެއްގެ ތެރެއިން އެ މައުލޫމާތުތައް އެންޓާ ކުރުމަށް ފަހު ކަމަށާއި ހުރިހާ ލިޔެކިޔުމެއް ފެންނަން ހުންނާނެ ކަމަށް ވިލާއިން ބުނެފައިވެ އެވެ.
ކަސްޓަމްސްއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެސް ވިލާގެ ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އެކަމަކު އެރޭ ރިސޯޓުތަކުން ރާ ނުބޭލި ނަމަވެސް، ކަސްޓަމްސްއިން ރޭ ފަން އައިލެންޑް ރިސޯޓަށް އަރައި ރާ ގެންދިޔައީ ކްރިމިނަލް ކޯޓުން ހޯދި އާ އަމުރެއްގެ ދަށުންނެވެ. އެކަމަކު އެ އަމުރުގައި ވެސް ފަން އައިލެންޑުގައި ހުރި އެއްވެސް މުދަލެއް ގެންދެވޭނެ ވާހަކަ ނެތްކަން ވިލާގެ ވަކީލުން ފާހަގަކުރެ އެވެ.
ހުއްދަ ދިނަސް ގާސިމްގެ ރިސޯޓުތަކަށް ރާ އެތެރެ ނުކުރެވޭ
ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަނީ
ވިލާގެ މުދާ ގެންދިޔަ މައްސަލަ ކޯޓަށް ހުށަހަޅައިފި
އަނިޔާގެ ހިތި ރަހަ، ވަޒީފާ ގެއްލުމުގެ ބިރާ އެކު
އުޅެނީ އަޅުގަނޑު ބަނގުރޫޓު ކޮށްލަން: ގާސިމް
ކަސްޓަމް އޮފިސަރުންގެ ނަންތައް ހާމަކުރި މައްސަލަ ބަލަނީ
"ވިލާގެ ރިސޯޓުތަކުން ޓެކްސް ނުދައްކާތާ 10 މަސް"
އޮޕަރޭޝަން ހިންގަނީ ސުލްހަވެރިކަމާއެކު: ކަސްޓަމްސް
ވިލާގެ ރިސޯޓްތަކުން ރާ ގެންދާ މައްސަލަ ކޯޓަށް
ފަންއައިލެންޑުން ގިނަ އަދަދެއްގެ ރާ ގެންގޮސްފި