Roadha Mihaaru
ގައުމީ ނެޓްބޯޅަ ތަށި މަހިބަދޫ އަށް

ގައުމީ ނެޓްބޯޅަ ތަށި މަހިބަދޫ އަށް

23 ޖެނުއަރީ 2018

ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

އެ ޓީމު ރާއްޖޭގެ ނެޓްބޯޅައިގެ އެންމެ ޝަރަފްވެރި ތަށި އުފުލާލީ ރޭ ކުޅުނު ފައިނަލް މެޗުގައި ރެޑް ލައިން ކްލަބް 44-39 ޕޮއިންޓުން ބަލިކޮށްގެންނެވެ.

ޒުވާނުންގެ މަރުކަޒުގައި ކުޅުނު މި މެޗުގައި މަހިބަދޫ މޮޅުވުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ޓީމުގެ އީބާ އަބްދުއްސައްތާރެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ މަހިބަދޫގެ އީމާގެ އިތުރުން ހަމްނާ އަބްދުލް ރަހްމާނާއި އައިމިނަތު ރަބާބާއި ރެޑް ލައިނުގެ ލަޔާން އަލީ ރަޝީދާއި އައިޝަތު ނައުރާ އާއި ކުމާރިނީ ސިލްވާ އަދި އައިޝަތު އަނާން އަނިލް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށި ދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ރައީސް އިބްރާހިމް އިސްމާއީލެވެ.

މަހިބަދޫ އަކީ ކުޅިވަރުގައި ހާއްސަކޮށް ފުޓްބޯޅައިގެ މަޝްހޫރު ރަށެކެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި އެ ރަށު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ގޯލްކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ހިމެނެ އެވެ.