Roadha Mihaaru
ސިފައިންނާއި މޯލްޑިވިއަން އަށް ތިން ވަނަ މޮޅު

ސިފައިންނާއި މޯލްޑިވިއަން އަށް ތިން ވަނަ މޮޅު

13 ޖުލައި 2016

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ތިން ވަނަ މޮޅު ހޯދައިފި އެވެ.

ސަލްސާ ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ތިން ވަނަ މޮޅު ހޯދައިފި އެވެ.

މުބާރާތުގައި ކޮންމެ ޓީމެއް ތިން މެޗު ކުޅެފައިވާއިރު އެ ދެ ޓީމު ވަނީ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ޕޮލިސް ކްލަބް ދެ މެޗުން މޮޅުވެފައިވާއިރު ސްޕޯޓްސް ކްލަބް ސިޓީ ވަނީ އެއް މެޗުން މޮޅުވެފަ އެވެ. މި ހަތަރު ޓީމަށް ވަނީ ސެމީގެ ފުރުސަތު ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ސްޕޯޓްސް ކްލަބް ވިޝަން އާއި ކިހާވަށް ވޯރިއާސް ވަނީ ތިން މެޗުން ވެސް ބަލިވެފަ އެވެ.

ސިފައިންގެ ކްލަބް ތިން ވަނަ މެޗުން މޮޅުވީ އިއްޔެ ކިހާވަށް ވޯރިއާސް އަތުން ސީދާ ތިން ސެޓުންނެވެ. ފަސޭހަކަމާ އެކު ސިފައިން މެޗު ގެންދިޔައީ 25-10، 25-19 އަދި 25-12 އިން ސެޓުތައް ގެންގޮސްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެކުނު އޭޝިއާގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ޕާކިސްތާނުގެ އަހުމަދު ނަސީރެވެ. އޭނާ އަކީ މި މުބާރާތަށް ސިފައިންގެ ޓީމަށް ގެނައި ކުޅުންތެރިއެކެވެ.

މޯލްޑިވިއަން މޮޅުވީ އިއްޔެ ސްޕޯޓްސް ކްލަބް ސިޓީ އަތުން ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މި މެޗުގެ ސެޓުތައް މޯލްޑިވިއަން ކާމިޔާބުކުރީ 25-16، 25-19 އަދި 25-21 އިންނެވެ.

ޕޮލިސް ކްލަބް ވަނީ އިއްޔެ ސްޕޯޓްސް ކްލަބް ވިޝަން އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ. ސެޓުތައް ދިޔައީ 25-14، 25-21 އަދި 25-15 އިންނެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިހުގެ އަޝްފާގް އާދަމް (އައްކަޅޭ) އެވެ.

ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ސެމީ ފައިނަލަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. ސެމީގައި އެއް ވަނަ ޓީމާއި ދެ ވަނަ ޓީމު ކުޅެ މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު އެ މެޗުން ބަލިވާ ޓީމަކަށް ޖެހޭނީ ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމު ކުޅޭ ސެމީން މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ކުޅޭށެވެ. މި މަހުގެ 20 ވަނަ ދުވަހުގެރޭ ކުޅޭ ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.