Roadha Mihaaru
ފާރިސްގެ ބަންދަށް 15 ދުވަސް ޖަހައިފި

ފާރިސްގެ ބަންދަށް 15 ދުވަސް ޖަހައިފި

27 ޖެނުއަރީ 2018

ރިޝްވަތުގެ ތުހުމަތުގައި މިއަދު ހަވީރު ހައްޔަރު ކުރި ދިއްގަރު ދާއިރާގެެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ރިޝްވަތުގެ ތުހުމަތުގައި މިއަދު ހަވީރު ހައްޔަރު ކުރި ދިއްގަރު ދާއިރާގެެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހަ މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ދޫކޮށްލާފައި ވަނިކޮށް މިއަދު އަނެއްކާވެސް އޭނާ ހައްޔަރުކުރީ އިތުރު ތުހުމަތެއްގަ އެވެ. މިފަހަރު ތުހުމަތުކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ފައިސާ ބެހިކަމުގެ ތުހުމަތާއި މެމްބަރުންތަކަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތެވެ.

އެ މައްސަލާގައި ފާރިސް 15 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިރޭ ކޯޓަށް ގެންދިއުމުންނެވެ. ބަންދުގެ މުއްދަތު އިތުރު ކުރުމާ އެކު ފުލުހުންގެ ބެލުމުގެ ދަށުން ފާރިސް ވަނީ ދޫނިދޫ އަށް ގެންގޮސްފަ އެވެ.

ފާރިސްގެ ވަކީލުންގެ ބުނިގޮތުގައި ދައުލަތުން މިރޭ ކޯޓުގައި އެދުނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށް ދިނުމަށެވެ. އެކަމަކު އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ނުކުތާ ކޯޓުގައި ފާހަގަކުރި ކަމަށް ފާރިސްގެ ވަކީލުން ބުންޏެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އެދުމަކަށް ނެރުނު ކޯޓު އަމުރަކާ އެކު، ފާރިސް މިއަދު ހައްޔަރު ކުރުމުގެ ކުރިން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ މ. އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ.