Roadha Mihaaru
އުނގޫފާރު ނެރު ފައިކައްޓަށް އެރި ބާޖު ފުންކޮށްފި

އުނގޫފާރު ނެރު ފައިކައްޓަށް އެރި ބާޖު ފުންކޮށްފި

13 ޖުލައި 2016

ރ. އުނގޫފާރު ނެރު ފައިކައްޓަށް ރޭ އެރި ތެޔޮ ބާޖު މިއަދު މެންދުރު ފުންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އުނގޫފާރު ނެރު ފައިކައްޓަށް ރޭ އެރި ތެޔޮ ބާޖު މިއަދު މެންދުރު ފުންކޮށްފި އެވެ.

އަތޮޅު ކައުންސިލްގެ މެމްބަރު މުހައްމަދު މުސްތަފާ ކޯސްޓް ލައިންގެ އެ ބާޖު ފުންކުރީ ކޮޅުވެއްޓިއެއް ގެނެސްގެން ކަމަށެވެ.

ބާޖު ފަރަށް އެރީ އުނގޫފާރަށް ތެޔޮ ހިފައިގެން ވަންނަން އުޅުމުގެ ތެރޭގަ އެވެ. އަދި މީގެ ކުރިން ވެސް އެކި އުޅަނދު އެ ނެރުމައްޗަށް އަރާފައިވެ އެވެ.

އުނގޫފާރު ނެރު ފައިކައްޓަށް ކޯސްޓްލައިންގެ ތެޔޮ ބާޖު އަރާފައި. --ފޮޓޯ:ރ. އަތޮޅު ކައުންސިލް

އުނގޫފާރު ނެރު ފައިކައްޓަށް ކޯސްޓްލައިންގެ ތެޔޮ ބާޖު އަރާފައި. --ފޮޓޯ:ރ. އަތޮޅު ކައުންސިލް

މުސްތަފާ ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ ނެރު ކަނޑާފައި އޮންނަ ގޮތުންނެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ހަތަރު އުޅަނދު އެ ރަށުގެ ނެރު މައްޗަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނެރު އޮންނަނީ ކުޑަކޮށް އެއްގަމުގައި. އެހެންވެ ކަނޑު ކައިރިން އުޅަނދުތައް ނެރާ ދިމާކުރަން އުނދަގޫ،" މުސްތޮފާ ވިދާޅުވި އެވެ.

"ހައުސިން މިނިސްޓަރާ ބައްދަލުކޮށް ވެސް އެކަން ސަމާލުކަމަށް ގެނެސްފައިވާނެ. ނަމަވެސް އަދި ނެތް އެއްވެސް ހައްލެއް ލިބިފައެއް."