Roadha Mihaaru
އުނގޫފާރު މިސްކިތު ޚައިރާތު ފޮށި ފަޅާލައިފި

އުނގޫފާރު މިސްކިތު ޚައިރާތު ފޮށި ފަޅާލައިފި

15 ފެބުރުއަރީ 2020

ރ. އުނގޫފާރު މިސްކިތެއްގައި ބަހައްޓާފައި ހުރި ޚައިރާތު ފޮއްޓެއް މިއަދު ފަޅާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އުނގޫފާރު މިސްކިތެއްގައި ބަހައްޓާފައި ހުރި ޚައިރާތު ފޮއްޓެއް މިއަދު ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ "މަސްޖިދުލް ތަޤުވާ" މިސްކިތުގެ ފަންޑު ފޮށި ހަލާކުުކޮށްލައި ވައްކަންކޮށްފައިވާ މައްސަލައެއް ހަވީރު 5:10 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން އެ ފޮށިން އެއްވެސް އެއްޗެއް ނުގެއްލޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ފަންޑު ފޮށީގެ ތަޅު ހަލާކުކޮށްލަނިކޮށް މިސްކިތް ސާފުކުރާ މީހަކަށް ފެނުނު ކަމަށެވެ. އެ ފޮށިން އެއްޗެއް ނުގެންދެވުނީ އެހެންވެގެން ކަމަށް އޭނާ ބުންޏެވެ.

"އޭގައި ހުރި ފައިސާ. އެކަމަކު ކިހާ ވަރެއް ކަމެއް ނޭނގެ. މިސްކިތް ސާފުކުރާ މީހާ އާއި އިތުރު މީހަކަށް އެވަގުތު ފެނުނު ފަަންޑު ފޮށީގެ ތަޅު ހަލާކުކޮށްލަނިކޮށް. އޭނާ ވަގުތުން ދިޔައީ އެތަނުން،" ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ

އޭނާ ބުނިގޮތުގައި 300 މީހުންގެ ޖާގައިގެ މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮށިން ވައްކަން ކުރަން އުޅުނު މީހަކީ، ވައްކަމުގެ މައްސަލައެއްގައި މީގެ ކުރިން އަރުވާލި މީހެކެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ އަހަރުތަކެއް ވެއްޖެ އެވެ.