Roadha Mihaaru
ހައްޔަރުކުރާކަށް ނޫޅޭ، އިސްތިއުފާ ދޭކަށް ހުށައެއްނާޅާ

"ހައްޔަރުކުރާކަށް ނޫޅޭ، އިސްތިއުފާ ދޭކަށް ވެސް ހުށަހެއް ނާޅާ"

04 ފެބުރުއަރީ 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރަން އަދި އިސްތިއުފާ ދެއްވަން ވެސް ސަރުކާރުން ހުށަނާޅާ ކަމަށް އެ ދެ ބޭފުޅުންގެ ފަރާތްޕުން ވާހަކަ ދެއްކެވި ބޭފުޅަކު މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ފަރާތުން އެހެން ވިދާޅުވިއިރު، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރަން އުޅޭ ކަމަށް ބުނެ ގިނަ ބަޔަކު މިރޭ ވަނީ އެމަނިކުފާނުގެ ގެކޮޅު ކައިރިއަށް އެއްވެފަ އެވެ. އެކަމަކު ފުލުހުން ބުނީ، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެ މީޑިއާގައި ހިއްސާ ކުރަމުން ދަނީ ދޮގު މައުލޫމާތެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް އުޅޭ ކަމަށް ބުނެ ފެތުރުނު އަޑާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމަށް ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް އުޅޭ ކަމަށް ބުނެ ފެތުރުނު އަޑާ ގުޅިގެން އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލުމަށް ފުލުހުން މިރޭ ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ އެ ދެ ބޭފުޅުން ވެސް ތިއްބެވީ ހެޔޮ ހާލުކޮޅުގައި ކަމަށެވެ.

"އެ ދެ ބޭފުޅުން ވިދާޅުވީ ހައްޔަރުކުރާކަށް ވެސް ނޫޅޭ ކަމަށް. އިސްތިއުފާ ދެއްވުމަށް ވެސް ހުށަހެއް ނާޅައޭ،" އޭނާ ވިދާޅުވި އެވެ.

މި ކަމާ ގުޅޭ ގޮތުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ސީދާ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.