Roadha Mihaaru
އޮފީސް 2019 ހަމައެކަނި ވިންޑޯޒް 10 އަށް

މައިކްރޮސޮފްޓް އޮފީސް 2019 ހަމައެކަނި ވިންޑޯޒް 10 އަށް

05 ފެބުރުއަރީ 2018

މި އަހަރު މެދާ ހިސާބުގައި، އޮފީސް 2019 މާކެޓަށް ނެރޭނެ އެވެ. މައިކްރޮސޮފްޓުން އެހެން ބުނެފި އެވެ. އޮފީސް 2019 ބޭނުންކުރާ މީހުންނާ ހިސާބަށް އެ އަންނައިރު އޮތް ހިތާމަ އަކީ، އެއީ ހަމައެކަނި ވިންޑޯޒް 10 ގައި ހިންގޭ އެޕްލިކޭޝަން ބަންޑެއްޔަކަށް ވުމެވެ. އެއީ މި ވަގުތަށް އޮތް އުސޫލު ކަމަށް މައިކްރޮސޮފްޓުން ކަށަވަރުކޮށްދެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މި އަހަރު މެދާ ހިސާބުގައި، އޮފީސް 2019 މާކެޓަށް ނެރޭނެ އެވެ. މައިކްރޮސޮފްޓުން އެހެން ބުނެފި އެވެ. އޮފީސް 2019 ބޭނުންކުރާ މީހުންނާ ހިސާބަށް އެ އަންނައިރު އޮތް ހިތާމަ އަކީ، އެއީ ހަމައެކަނި ވިންޑޯޒް 10 ގައި ހިންގޭ އެޕްލިކޭޝަން ބަންޑެއްޔަކަށް ވުމެވެ. އެއީ މި ވަގުތަށް އޮތް އުސޫލު ކަމަށް މައިކްރޮސޮފްޓުން ކަށަވަރުކޮށްދެ އެވެ.

ވިންޑޯޒް 10 އަށް، އޮފީސް 2019 ޚާއްސަކުރުމުގެ ބޭނުމަކީ ދުވަސްވީ ވިންޑޯޒް މޮޑިއުލްތަކަށް ސަޕޯޓްހުއްޓާލުމެވެ. އެ ގޮތުގައި ވިންޑޯޒް 8 އަދި ވިންޑޯޒް 7 ވެސް ހިމެނެ އެވެ. މައިކްރޮސޮފްޓުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް، ވިންޑޯޒް 8 އަދި ވިންޑޯޒް 7 ބޭނުންކުރުން ހުއްޓާލުމެވެ.

މައިކްރޮސޮފްޓް އޮފީސް 2019 ބޭނުންކުރުމަށް މައިކްރޮސްފްޓުން ކަނޑައެޅި ޝަރުތުތަކަށް ބަލާއިރު، ބެލެވެނީ ގިނަ ބަޔަކަށް ކަމުނުދާނެ ކަމަށެވެ. ސަބަބު ބައިވަރެކެވެ. ދެތިން ނުކުތާއަކަށް އަލިއަޅުވާލާނަމެވެ.

ދުނިޔޭގައި ހިންގާ ބިޔަ ކުންފުނިތަކުގައި އަދި ވެސް ގިނައީ ވިންޑޯޒް 7 ކޮމްޕިއުޓަރުތަކެވެ. އޭގެ ތެރޭގައި ވިންޑޯޒް 7 ސާވާ މޮޑިއުލްތައް ވެސް ހިމެނެ އެވެ. ބޭންކްތައް، މުވާސަލާތީ ކުންފުނިތައް އަދި ހޮޓާ ރެސްޓޯރެންޓް ޗެއިންތަކުގައި ވެސް ވިންޑޯޒް 7 ގިނަ އަދަދަކަށް ބޭނުންކުރެ އެވެ.

އޮފީސް 2019 ބޭނުންކުރަން އެދޭ ނަމަ މި ވަގުތަށް އޮތް ހަމަ އެކަނި ގޮތަކީ ވިންޑޯޒް 10 އޮޕަރޭޓިން ސިސްޓަމަށް ކޮމްޕިއުޓަރުތައް ބަދަލުކުރުމެވެ. މިއީ ބިޔަ ކުންފުނިތަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އަނެއްކޮޅުން އޮފީސް 2019 ބޭނުންކުރުމަށްޓަަކައި އެހާ ގިނަ ފައިސާ ހޭދަކުރާކަށް ވެސް ކުންފުނިތަކުން ބޭނުމެއް ނުވާނެ އެވެ.

އޮފީސް 2019 އަށް ހުރި އުސޫލުތައް މައިކްރޮސޮފްޓުން ލުއިނުކޮށްފި ނަމަ، ވިންޑޯޒް 7 ގައި ދެމިތިބުމަށް ވެސް ކުންފުނިތަކުން ނިންމުން އެކަށީގެންވެ އެވެ. އޮފީސް 2019 ސޮފްޓްވެއާ ބަންޑެއްޔަށް ބަދަލުވުމަކީ އަދި ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އެހެން ނަމަވެސް އެ ގޮތުގައި ކުންފުނިތަކަށް ތިބެވޭނީ ވިންޑޯޒް 7 އަށް މައިކްރޮސޮފްޓުން ސަޕޯޓްދިނުން ހުއްޓާލަންދެންނެވެ.