Roadha Mihaaru
"ލަ ލަ ލޭންޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި

"ލަ ލަ ލޭންޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި، ފިލްމް ފުރަތަމަ ވެނިސް ފެސްޓިވަލަށް

16 ޖުލައި 2016

ރަޔަން ގޮސްލިން އާއި އެމާ ސްޓޯން ލީޑް ރޯލް ކުޅެފައިވާ މިއުޒިކް ކޮމެޑީ "ލަ ލަ ލޭންޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، އަންނަ މަހު އޮންނަ ވެނިސް ފިލްމް ފެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރަޔަން ގޮސްލިން އާއި އެމާ ސްޓޯން ލީޑް ރޯލް ކުޅެފައިވާ މިއުޒިކް ކޮމެޑީ "ލަ ލަ ލޭންޑް" ގެ ޓީޒާ ޓްރެއިލާ ދައްކާލައި، އަންނަ މަހު އޮންނަ ވެނިސް ފިލްމް ފެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޑެމިއެން ޗެޒެލް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމް ވެނިސް ފިލްމް ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ގަ އެވެ. އަދި އާންމުކޮށް ތިއޭޓަރުތަކަށް އަންނާނީ ޑިސެމްބަރު މަހުގެ 2 ގަ އެވެ.

މި ފިލްމްގެ ޒުވާން ޑައިރެކްޓަރު ޑެމިއަންކީ އޮސްކާ ވެސް ހޯދާފައިވާ "ވިޕްލަޝް" ފަދަ ކާމިޔާބު ފިލްމްތައް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އެހެންވެ މި ފިލްމަށް ކުރެވޭ އުންމީދުތައް ވެސް ވަރަށް ބޮޑެވެ.

ފިލްމުގައި ގޮސްލިން ފެނިގެން ދާނީ މިއުޒިޝަނެއްގެ ރޯލުންނެވެ. އަދި އެމާ ފެނިގެން ދާނީ ކުރިއަރަމުން އަންނަ ބަތަލާއެއްގެ ރޯލުންނެވެ.

ފިލްމުގައި ފެނިގެން ދާނީ ދެ މީހުންގެ ކެރިއާ ކާމިޔާބުވަމުން އަންނަ އިރު، ލޯބީގެ ގުޅުން ހީނަރުވެ، އެ ގުޅުން ދަމަހައްޓަން ކުރާ މަސައްކަތެވެ.

ގޮސްލިން އާއި އެމާ އާ އެކު "ލަ ލަ ލޭންޑް" ގެ ކާސްޓުންގެ ތެރޭގައި ޖޭކޭ ސައިމަންސް، ރޯޒްމެރީ ޑެވިޓް އަދި މީގެން ފޭ ހިމެނެ އެވެ.