Roadha Mihaaru
ސުއޫދުގެ ސަސްޕެންޝަން އުވާލައިފި

ސުއޫދުގެ ސަސްޕެންޝަން އުވާލައިފި

05 ފެބުރުއަރީ 2018

ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ އުވާލައިފި އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައިވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ސަސްޕެންޝަން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިރޭ އުވާލައިފި އެވެ.

ސުއޫދު ސަސްޕެންޑްކުރީ މިދިޔަ ސެޕްޓެމްބަރު މަހު 54 ވަކީލަކު ސޮއިކޮށް ސުޕްރީމް ކޯޓުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ މައްސަލާގައި ސޮއިކުރި ގިނަ އަދަދެއްގެ ވަކީލުންގެ ސަސްޕެންޝަން މީގެ ކުރިން އޮތީ އުވާލައިފަ އެވެ.

ސުއޫދުގެ ސަސްޕެންޝަން އުވައިލިކަން ޑީޖޭއޭ އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. ސުއޫދުގެ ސަސްޕެންޝަން އުވައިލީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭނެ ކަމަށް ވިދާޅުވެ، އޭނާ ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ސުއޫދު ވިދާޅުވެފައިވާ ގޮތުން އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަންޖެހޭނެ ކަމަށާއި އެކަން ނުކުރާނެ ކަމަށް ބުނުމަކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ.