06 ފެބުރުއަރީ 2018
ފަނޑިޔާރުންގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑްކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު ވެސް ފަނޑިޔާރުން އެއްޗެއް ނުބުނެ ތިއްބަވަނީ ކީއްވެތޯ ވިދާޅުވެ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެހެން ފަނޑިޔާރުންނަށް ސުވާލުތަކެއް މިއަދު ކުރިމަތި ކުރައްވައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ މާއްދާތަކެއް ސަސްޕެންޑްކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ އިރު ވެސް ފަނޑިޔާރުން އެއްޗެއް ނުބުނެ ތިއްބަވަނީ ކީއްވެތޯ ވިދާޅުވެ، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެހެން ފަނޑިޔާރުންނަށް ސުވާލުތަކެއް މިއަދު ކުރިމަތި ކުރައްވައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ގަރާރުގައި، ފަނޑިޔާރުންގެ ގާނޫނުގެ ދެ މާއްދާއަކަށް އަމަލު ކުރުން ވެސް ވަނީ ހުއްޓާލައިފަ އެވެ.
އަމަލުކުރުން ހުއްޓާލި ދެ މާއްދާއަކީ ފަނޑިޔާރަކު ހައްޔަރު ކުރުމުގައި ޚާއްސަ އިމްތިޔާޒްތަކެއް ފަނޑިޔާރުންނަށް ލިބޭ މާއްދާ އާއި ފިޔަވަޅެއް އެޅުމުގެ ކުރިން އެކަން ލިޔުމުން އަންގަން ޖެހޭނެ ކަމަށް ބުނާ މާއްްދާ އެވެ.
އެކަމާ ގުޅިގެން އަޒްމިރަލްދާ އޭނާގެ ފޭސްބުކްގައި ސުވާލު އުފައްދާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ އެ މާއްދާތައް ސަސްޕެންޑް ކުރި ކުރުމާ މެދު އެވެ. ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ރަނގަޅު ކަމަށް ބުނަމުން ދާތީ އަޒްމިރަލްދާ ސުވާލު ކުރައްވާފައިވަނީ ފަނޑިޔާރުންގެ ގާނޫނުގެ ދެ މާއްދާ ސަސްޕެންޑް ނުކޮށް، އެ ތިން ފަނޑިޔާރުން މެދުވެރިކޮށް، ގާނޫނުގައި އޮންނަ އިޖްރާއާތުގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުނުކުރީ ކީއްވެގެންތޯ އެވެ.
ގާނޫނުގެ އެ މާއްދާތައް ސަސްޕެންޑް ކުރުމުން ގެއްލިގެން ދަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ހައްގު އެކަނި ނޫން ކަމަށާއި އެހެން ފަނޑިޔާރުންގެ ހައްގުތައް ވެސް ގެއްލޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ކަންތައްތައް މިހާ ހިސާބަށް ދާއިރު ވެސް ބިޒްނަސް އޭޒް ޔޫޝުއަލް ބޯޑް ޖައްސަވައިގެން ހަމަ އަޅުއްވާ ވެސް ނުލައްވާ ތިއްބަވަނީތޯ؟ ކަމެއް ގޯސްކޮށް ހިނގާ ތަން ފެންނައިރު ވެސް ހަމަ ހަނު ތިއްބަވަނީތޯ؟ ބަންދު ކުރެވުނު ދެ ބޭފުޅުންގެ ހައްގުގައި ބަޔާނެއްހާ ހިސާބު ވެސް ނެރުއްވަން ހަމަ ކެރިވަޑައިނުގަންނަވަނީތޯ؟" އަޒްމިރަލްދާ ލިޔުއްވާފައިވެ އެވެ.
އަޒްމިރަލްދާ އަކީ މިހާތަނަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ.
ފަސް އަހަރެއްހާ ދުވަހު މަގާމުގައި ހުންނެވުމަށް ފަހު 2016 ގައި އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ އޭރު ހިނގަމުން ދިޔަ ބައެއް ކަންކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރަށް އާ ތުހުމަތެއް، ތަހުގީގު ފަށައިފި
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓަށް
ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގެ ހުކުމް މާދަމާ
ކުއްލި ހާލަތަށް ފަހު ވެސް ލީޑަރުން މިނިވަނެއް ނުވާނެ
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ދޫކޮށްލަން ގޮވާލައިފި
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
"އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ވަކިކުރަން ޖެހޭ"