17 މާޗް 2018
ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް އެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ނުވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނިމުނު ނަމަވެސް އެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ނުވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ސިޔާސީ ލީޑަރުންތަކެއް ވެސް ހިމެނޭ ގޮތަށް ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހު ކުރި ހުކުމް ތަންފީޒު ނުކޮށް، އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ. އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ 45 ދުވަސް އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ. ސަރުކާރުން ބުނީ ދެން އެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ. އެއާ އެކު ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަން ޖެހޭނެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުން މިނިވަން ނުވާނެ ކަމަށާއި އެ މީހުންގެ މައްސަލަތައް ބަލާނެ ކަމަށެވެ.
ނިހާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހުން ދޫނުކުރާނެ ކަމަށް-- މިހާރު ފޮޓޯ
"ސްޓޭޓް އޮފް އިމަޖެންސީ ނިމުނު ނަމަވެސް އިމަޖެންސީގެ ދަށުން ހައްޔަރު ކުރެވުނު ދިވެހި ރާއްޖެ އަށް ނުރައްކާ ބަޣާވާތެއް ގެންނަން އުޅުނު މީހުންގެ މައްސަލަތައް ދާނީ ބާރަށް ކުރިއަށް،" ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، މިހާރު ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ވާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ މަގުތަކަށް މީހުން ނެރުމަށް ކަމަށާއި އެކަން އެގޮތަށް ނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ރާއްޖެ އިން ބޭރުގައި ތިއްބަވައިގެން އާންމުން މުޒާހަރާތަކަށް ނެރޭ އިރު އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ވަނީ ނިކަމެތި ރައްޔިތުންނަށްކަން ނިހާން ފާހަގަ ކުރެއްވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ތަހުގީގުތައް ދާދި ފަހަކުން ވަނީ ފަށައިފަ އެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ތަހުގީގުތައް ފަށާފައިވަނީ ބަންދު ކުރިތާ 30 ދުވަހަށް ވުރެ ފަހުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވައިފަ އެވެ.
ކެހި ދެނީ އެންމެ ކައިރީގައި އުޅުުނު މީހުން: ރައީސް
ބަންދުގައި ތިބި މީހުން ގެއަށް ނުފޮނުވަނީ ހެކިނުދޭތީ
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަންފޮނުވައިފި
މައުމޫން، ފާރިސް އަދި ނަދީމަށް ސުވާލެއް ނުކުރޭ
އޮޅުންބޮޅުން: ތަޙްލީލީ ނަޒަރަކުން
ރިޝްވަތަށް ދެފަނޑިޔާރުން އެތައް މިލިއަނެއް ނެގި:ޕޮލިސް
އުއްތަމަ ފަނޑިޔާރާ އަދިވެސް ބައްދަލު ނުކުރެވޭ: ހިސާން
"ލޭ އޮހޮރުވުމަށް އިންޑިއާ ސިފައިން ތިބީ ތައްޔާރަށް"
ކޯޓުން "ޓިނު ނަގަން" ޖެހުނު ސަބަބު ޔާމީން ކިޔައިދީފި