Roadha Mihaaru
ސައުތު އެފްރިކާގެ ރައީސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ

ސައުތު އެފްރިކާގެ ރައީސް ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ

08 ފެބުރުއަރީ 2018

ޕްރިޓޯރިއާ (ފެބްރުއަރީ 8) - ބާރުތައް ބަދަލު ކުރުމާ ގުޅޭ ގޮތުން ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާއާ ސީދާ ގޮތެއްގައި މަޝްވަރާ ކުރަމުންދާ ކަމަށާއި އޭނާ މަގާމުން ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް ނައިބް ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (ފެބްރުއަރީ 8) - ބާރުތައް ބަދަލު ކުރުމާ ގުޅޭ ގޮތުން ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާއާ ސީދާ ގޮތެއްގައި މަޝްވަރާ ކުރަމުންދާ ކަމަށާއި އޭނާ މަގާމުން ވަރަށް އަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް ނައިބް ރައީސް ސިރިލް ރަމަފޯސާ ވިދާޅުވެއްޖެ އެވެ.

ސައުތު އެފްރިކާގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރުކަން މިހާރު ކުރައްވާ ރަމަފޯސާ ވިދާޅުވީ ޒޫމާ އިސްތިއުފާ ދެއްވަން ޕްރެޝަރު ބޮޑުވަމުން އަންނަ އިރު މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވާކަން ޒޫމާ އަށް ވެސް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އަދި ޒޫމާގެ ކުރިމަގާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އުމުރުން 75 އަހަރުގެ ޒޫމާ ވެރިކަމުން އިސްތިއުފާ ދެއްވަފާނެ ކަމުގެ ފުރަތަމަ އިޝާރާތެވެ. ޒޫމާގެ ނުވަ އަހަރުގެ ވެރިކަމުގައި ކޮރަޕްޝަނުގެ އެތައް ތުހުމަތެއްކޮށް މަގާމުން ދުރުކުރުމުގެ މައްސަލަތައް ޕާލަމެންޓަށް ވައްދައިފައިވެ އެވެ.

ޕާޓީގެ ތެރޭން ޕްރެޝަރު ބޮޑުވުމުން ޒޫމާ މިދިޔަ ޑިސެމްބަރު މަހު ވަނީ ޕާޓީގެ ލީޑަރުކަން ރަމަފޯސާއާ ހަވާލުކޮށްފަ އެވެ.

ޒޫމާ މަގާމުން ދުރުކުރަން ވެރިކަން ކުރާ ޕާޓީން ޕްރެޝަރު ބޮޑު ކުރަމުންދާ އިރު އިދިކޮޅު ޕާޓީތަކުން ދަނީ އިތުބާރު ނެތްކަމުގެ ވޯޓަކުން ޒޫމާ ދުރުކުރަން މަސައްކަތް ކުރަމުންނެވެ. ޒޫމާ އިސްތިއުފާ ދެއްވުމަށް ވަނީ ނެލްސަން މަންޑޭލާ ފައުންޑޭޝަނުން ވެސް ގޮވާލައިފަ އެވެ.

އަނެއްކޮޅުން ގައުމާ މުޚާތަބް ކުރައްވާ ޒޫމާ މިއަދު ދެއްވަން އޮތް ތަގްރީރު ވަނީ ޕާލަމެންޓުން ފަސްކޮށްފަ އެވެ.