Roadha Mihaaru
ޒޫމާއާ ގުޅުން އޮންނަ ވިޔަފާރިވެރިއެއްގެ ގެ ބަލާ ފާސްކުރަނީ

ޒޫމާއާ ގުޅުން އޮންނަ ވިޔަފާރިވެރިއެއްގެ ގެ ފުލުހުން ބަލާ ފާސްކުރަނީ

14 ފެބުރުއަރީ 2018

ޖޮހަނަސްބާގު (ފެބްރުއަރީ 14) - އިސްތިއުފާ ދިނުމަށް ޕްރެޝަރު ބޮޑުވެފައިވާ ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ ގުޕްތާ އާއިލާގެ ގެ ފުލުހުން މިއަދު ބަލާ ފާސް ކުރަން ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖޮހަނަސްބާގު (ފެބްރުއަރީ 14) - އިސްތިއުފާ ދިނުމަށް ޕްރެޝަރު ބޮޑުވެފައިވާ ސައުތު އެފްރިކާގެ ރައީސް ޖެކޮބް ޒޫމާއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ ގުޕްތާ އާއިލާގެ ގެ ފުލުހުން މިއަދު ބަލާ ފާސް ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ގުޕްތާ އާއިލާގެ ގެއިން ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ގުޕްތާ އާއިލާ އިން ދިޔައީ ރައީސް ޒޫމާއާ އޮންނަ ގާތް ގުޅުމުގެ ނާޖާއިޒް ފައިދާ ނަގާ ވިޔަފާރީގެ އެތައް މަންފާއެއް ހޯދަމުންނެވެ. އަދި ސިޔާސީ ގޮތުން ވެސް ވަނީ ނުފޫޒު ފޯރުވައިފަ އެވެ. ނަމަވެސް ގުޕްތާ އާއިލާ އިން އެކަން ދޮގު ކުރެ އެވެ.

ގުޕްތާ އާއިލާގެ ގެއަށް ފުލުހުން ވަދެ ބަލާ ފާސްކުރި އިރު ޒޫމާ އިސްތިއުފާ ދިނުމަށް ވެރިކަން ކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އިން ވަނީ އަންގައިފަ އެވެ. ޒޫމާ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވަމުން ދަނިކޮށް އޭއެންސީން ވަނީ އޭނާ އިސްތިއުފާ ނުދެއްވައިފި ނަމަ މި މަހު 22 ވަނަ ދުވަހު އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާނެ ކަމަށް އިންޒާރު ދީފަ އެވެ. މި އިންޒާރާ އެކު ޒޫމާ އެންމެ ފަހުން ވިދާޅުވެފައި ވަނީ ތިން މަސް ނުވަތަ ހަ މަސް ދުވަސް ތެރޭ އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެކަމަކު ޕާޓީން ބުނެފައި ވަނީ ޒޫމާ ވަގުތުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

ގުޕްތާ އާއިލާ އިން ސައުތު އެފްރިކާގައި ވަނީ ކޮމްޕިއުޓިން، މައިނިން، އެއާ ޓްރޭވަލް، އެނާޖީ، ޓެކްނޮލޮޖީ އަދި މީޑިއާގެ ދާއިރާގައި އިންވެސްޓްކޮށްފަ އެވެ. ގުޕްތާ އާއިލާގެ ތިން ބެއިން ކަމަށްވާ އަތުލް، ރާޖޭޝް އަދި އަޖޭ އިންޑިއާ އިން ސައުތު އެފްރިކާ އަށް ހިޖުރަކުރީ 1993 ވަނަ އަހަރު އެވެ.