ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެ ދާދި ދެންމެއަކު އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ އަށް ފުލުހުން ވަދެ ދާދި ދެންމެއަކު އޭނާ ހައްޔަރު ކޮށްގެން ގެންގޮސްފި އެވެ.
ފާރިސްގެ ވަކީލު އަލީ ޒާހިރު ވިދާޅުވި ގޮތުގައި މިފަހަރު ވެސް ފާރިސް ހައްޔަރު ކުރީ މީގެ ކުރިން އޭނާގެ މައްޗަށް ކުރި ތުހުމަތުގަައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގަ އެވެ.
ފާރިސް މި ހައްޔަރު ކުރީ، މީގެ ކުރިން ވެސް ހަމަ އެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު، މިދިޔަ އަންގާރަ ދުވަހު އޭނާ މިނިވަން ކުރުމަށް ފަހު އެވެ. މިފަހަރު ފާރިސް ހައްޔަރު ކުރި އިރު، އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވީ ހައްޔަރު ކޮށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ފުލުހުން ބޭނުންވާ ތަހުގީގުތައް ކުރުމަށާއި ބަލައި ފާސްކުރަން ބޭނުންވާ ނަމަ ކޯޓު އަމުރަކާ ނުލައި ވެސް އެކަންތައް ކުރެވޭނެ އެވެ. ނަމަވެސް މިފަހަރު ފާރިސް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
241 ކޮމިޓީން ހޯދީ ކަސްޓަމްސްގެ ބޮޑެތި އިހުމާލުތަކެއް
"މެމްބަރުންގެ މައްސަލަ ހިނގަނީ ސިޔާސީ މަގްސަދެއްގައި"
ރިޝްވަތުގެ ތުހުމަތު ކުރެވޭ ޝާފިއުގެ ބަންދަށް 5 ދުވަސް
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!
ފާރިސް ބަންދުކުރި މައްސަލަ ހުކުމާ ހަމައަށް
ޚިޔާނާތުގައި ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލަ ބަލަނީ
ފާރިސްގެ ޑީލް ހެދުމުގެ ވިސްނުމެއް، މާޔޫސްވުމެއް ނެތް
ފާރިސް ޖަލުގައި، އެކަމަކު އޭނާގެ މަސައްކަތް ކުރިއަށް
ފާރިސް ޖަލުގައި 10 މަސް، އަޒުމް ގުޑުވައެއްނުލެވޭނެ
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި