09 ފެބުރުއަރީ 2018
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އެމްރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން އެމްރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއްޔެ މަޝްވަރާ ކުރައްވައިފި އެވެ.
ވައިޓް ހައުސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެ ލީޑަރުން މަޝްވަރާ ކުރެއްވީ އިންޑޯ- ޕެސިފިކް ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމާ ބެހޭ ގޮތުން ކަމަށެވެ. ރާއްޖޭގެ އިތުރުން، މި ސަރަހައްދުގައި ބޮޑުވެފައިވާ އެހެން ގައުމުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ބަޔާނުގައި ވެ އެވެ. އޭގެ ތެރޭގައި ރޯހިންޖާގެ ރެފިއުޖީންގެ މައްސަލަ އާއި ނޯތު ކޮރެއާގެ މައްސަލަ ވެސް ހިމެނެ އެވެ. ގާނޫނުތަކާއި ޑިމޮކްރެޓިކް ހަމަތަކަށް ރާއްޖެއިން އިހުތިރާމް ކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ސުޕްރީމް ކޯޓުން މި މަހުގެ 1 ވަނަ ދުވަހު ނެރުނު ހުކުމް ސަރުކާރުން ތަންފީޒު ނުކޮށް، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެ އަށް އެކި ގައުމުތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. ހުރިހާ ގައުމުތަކުން ވެސް ގޮވާލަމުން އަންނަނީ ގާނޫނުއަސާސީ ނެގެހެއްޓުމަށާއި އަދުލު އިންސާފު ގާއިމް ކުރުމަށާއި މުއައްސަސާތައް މިނިވަން ކަމާ އެކު ހިންގަން ސަރުކާރުން ފުރުސަތު ދިނުމަށެވެ.
ސަރުކާރުން ބުނަމުން ދަނީ ފެބްރުއަރީ 1 ގެ ހުކުމަކީ ޖުޑިޝަރީގެ ބަޔަކު އިސްކޮށް ތިއްބަވައިގެން ގެންނެވި ބަޣާވާތެއް ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރުމަށް ޓަކައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، ސަސްޕެންޑްކޮށް، އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށް ސަސްޕެންޑްކޮށްފަ އެވެ. ހަމަ މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހައްޔަރުކޮށް މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް ފައިދާ އޮތީ ސަރަހައްދީ ވާދަވެރިކަން އޮވެގެން
ތިން ގައުމެއްގެ ސަފީރުންނަށް ރުހުން ދީފި
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅު ކެމްޕެއިނެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
ރާއްޖެ-އެމެރިކާ އެއްބަސްވުމަށް އިންޑިއާގެ ތާއީދު
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް
ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި
އިންޑިއާ ދެކެ އެމެރިކާ ލޯބިވޭ: ޓްރަމްޕުގެ މެސެޖް