11 ފެބުރުއަރީ 2018
އާމިރުޚާނާއި ޒާއިރާ ވަސީމްގެ "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި ރިލީޒްކުރިތާ 20 ދުވަސްވީއިރު ވެސް ފިލްމުގެ ހިނގުމަށް މަޑުޖެހުމެއް ނާދެ އެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން މިހާތަނަށް މި ފިލްމަށް 100 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
އާމިރުޚާނާއި ޒާއިރާ ވަސީމްގެ "ސީކްރެޓް ސުޕަސްޓާ" ޗައިނާގައި ރިލީޒްކުރިތާ 20 ދުވަސްވީއިރު ވެސް ފިލްމުގެ ހިނގުމަށް މަޑުޖެހުމެއް ނާދެ އެވެ. ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުން މިހާތަނަށް މި ފިލްމަށް 100 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ.
އާ ފިލްމުތައް ރިލީޒްކުރަމުން ދިޔަ ނަމަވެސް ޗައިނާގެ ބޮކްސް އޮފީހުގައި އަދިވެސް މި ފިލްމު އޮތީ އެއްވަނައިގަ އެވެ.
"ސީކްރެޓް ސުޕަސްޓާ" ވެފައިވަނީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން 8 ބިލިއަން ރުޕީސް އަށް ވުރެ ގިނައިން މިހާތަނަށް ހޯދުނު ހަތަރު ފިލްމުގެ ތެރެއިން އެއް ފިލްމަށެވެ. މި ފިލްމުގައި ދެން އޮތީ "ދަންގަލް" އާއި "ބަހޫބަލީ 2" އަދި "ޕީކޭ" އެވެ.
? million and counting... Aamir Khan proves his SUPREMACY in China... #SecretSuperstar crosses $ 100 mn mark: $ 100.86 mn [₹ 649.40 cr]... Aamir’s second $ 100 mn grosser, after #Dangal... Note: Final numbers will be updated later.
— taran adarsh (@taran_adarsh) February 8, 2018
ޓްރޭޑް އެނަލިސްޓް ތަރަން އާދާޝްގެ ޓުވީޓް
"ސީކްރެޓް ސުޕަސްޓާ" އަކީ މުސްލިމް އާއިލާއެއްގެ އަންހެންކުއްޖަކު ލަވަކިޔުންތެރިޔަކަށް ވާހިތުން ކުރާ މަސައްކަތްތަކާއި އޭނާ ކާމިޔާުބު ހޯދާގޮތް ދައްކުވައިދޭ ފިލްމެކެވެ.
އަދަވައިތު ޗަންދަން ޑައިރެކްޓްކޮށްފައިވާ "ސީކްރެޓް ސުޕަސްޓާ" ޕްރޮޑިއުސްކޮށްފައިވަނީ އާމިރު ޚާނެވެ.
ސަލްމާން ޚާންގެ ބްލޮކްބަސްޓާ ފިލްމު "ބަޖްރަންގީ ބައިޖާން" އަންނަ މާޗް މަހު 2 ވަނަ ދުވަހު ޗައިނާގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. މި ފިލްމަށް ޗައިނާ ބަހުން ނަން ދީފައިވަނީ "ލިޓްލް ލޮލީޓާ މަންކީ ގޯޑް އަންކަލް" އެވެ.
ޗައިނާގެ 8000 ސްކްރީންގައި މި ފިލްމު އަޅުވާއިރު، އާމިރުގެ ފިލްމުތަކަށް ލިބެމުންދާ ވަރުގެ ކާމިޔާބެއް މި ފިލްމަށް ވެސް ލިބޭނެ ކަމަށް އުންމިދު ކުރެވެ އެވެ.
ފެންބޮޑުވި ތަނުން ސަލާމަތްކުރި މީހުންގެ ތެރޭގައި އާމިރު
ޑިޖިޓަލްކޮށް ފިލްމުތައް ރިލީޒްކުރުން އާމިރަށް ކަމަކުނުދޭ
އާމިރު، އިންޑިއާގެ ރާޒުވާ ލެޖެންޑްގެ ފިލްމު ބޭނުން
އާމިރު ޚާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އާލިއާގެ ހަނގުރާމަ ފިލްމަކީ "ޕިހާރްވާ"
އާމިރު ތުރުކީގެ ފަސްޓްލޭޑީއާ ބައްދަލުކުރުމުން ފާޑުކިޔަނީ
އާލިއާ އަށް އިންޑިއާ-ޗައިނާގެ ހަނގުރާމަ ފިލްމެއް
އިންޑިއާ އާއި ޗައިނާގެ ކޯޅުމަށް އަޖޭގެ ފިލްމެއް
ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓްނުކުރަން ގޮވާލައިފި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް