14 ޑިސެމްބަރ 2020
އިންޑިއާ އާއި ޗައިނާގެ ކޯޅުންގަނޑެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކަށް އާލިއާ ބަޓް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވާ ފިލްމުގެ ނަމަކަށް "ޕިހާރްވާ" ހަމަޖައްސައިފި އެވެ.
އިންޑިއާ އާއި ޗައިނާގެ ކޯޅުންގަނޑެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމަކަށް އާލިއާ ބަޓް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވާ ފިލްމުގެ ނަމަކަށް "ޕިހާރްވާ" ހަމަޖައްސައިފި އެވެ.
މީގެ ޑައިރެކްޓަރަކީ 2008 ގެ "ސްލަމްޑޯގް މިލިއަނާ" ގެ ސައުންޑް މިކްސިން ހަދައިގެން އޮސްކާ އެވޯޑް ހޯދި ރެސުލް ޕޫކްޓީ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ޕިހާރްވާ" ގައި ކިޔައިދޭނީ 1967 ގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގި ހަނގުރާމައިގައި މަރުވި އިންޑިއާގެ ގައުމީ ބަތަލު ބާބާ ހަރްބަޖަން ސިންގްގެ ވާހަކަ އެވެ. އޭނާގެ ވާހަކަ ދާދި ފަހުން "މައިނަސް ޕްލަސް" ކިޔާ ކުރު ފިލްމަކުން ވެސް ގެނެސްދީފައިވެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ޕިހާރުވާ" ހަދަން ނިންމާފައި ވަނީ އެހާރާއި މިހާރު ޗައިނާ އާއި އިންޑިއާއާ ދެމެދު ހޫނުވެފައިވާ ކޯޅުންގަނޑު ގުޅޭ ގޮތަށެވެ. އެގޮތުން އާލިއާ ހިމެނޭ ގޮތަށް ފިލްމުގައި ދެ ދައުރެއް ދައްކުވައި ދޭނެ އެވެ. އަދި އޭނާގެ ކެރެކްޓާ އަކީ ދެ ދައުރުގައި ވެސް ހަނގުރާމައިގެ ބަތަލެއްގެ ބައިވެރިޔާ އެވެ.
ރެސުލް އަދި އާލިއާ.
"ޕިހާރް" އަށް އާލިއާ އެއްބަސްވި ނަމަވެސް މި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި ނޭނގެ އެވެ. އާލިއާ މި ވަގުތު އުޅެނީ ތިން ފިލްމެއްގެ މަސައްކަތުގައި ވަރަށް އަވަދިނެތި އެވެ. އެއީ އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" އާއި ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ އިތުރުން އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ" އެވެ.
މި ތިން ފިލްމަކީ ވެސް އަންނަ އަހަރު ރިލީޒްކުރާނެ ފިލްމުތަކެވެ.
އާލިއާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރްގެ "ތަޚުތު" ވެސް ހިމެނެ އެވެ. އެކި ފަހަރު މަތިން އެކި ސަބަބުތަކާ ހެދި ލަސްވަމުން އައި ފިލްމުގެ މަސައްކަތް މިހާރު ފަށާ ގޮތަށް އޮތީ އޭގެ ރޯލަކުން ފެންނާނެ ބަތަލާ ކަރީނާ ކަޕޫރް ދެވަނަ ދަރިފުޅު ވިހައި ގަދަވި އިރަކުންނެވެ.
ނަވާޒުއްދީން މިހާރު ދިރިއުޅެނީ ގަނޑުވަރެއްގައި
ކްރިކެޓް ތަރި ޖޫލާންގެ ރޯލު ކުޅޭނީ ހަމަ އަނުޝްކާ
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
އިންޑިއާގެ އެންމެ އަގު ބޮޑު އެކްޓަރަކީ ޕްރަބާސް
ޕަރިނީތީ ޓުއާ ގައިޑެއްގެ ރޯލަށް
ގަންގޫލީގެ ރޯލު ސިދާތު ނުވަތަ ވިކީ އަށް؟
ފިލްމަށް ޖަޔަލަލީތާ ބޭނުންވީ އައިޝްވާރިއާ
އަފްޣާނިސްތާނަށް އުފަން ބޮލީވުޑްގެ ބަތަލާގެ ހުސް ޝަކުވާ
ކްރައިމް ޕެޓްރޯލްގެ ހޯސްޓް އިންވެސްޓިގޭޝަން ކޯހެއް
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް