09 ޖުލައި 2020
އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގާ ކޯޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު ހިނގާ ކޯޅުންތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް އާލިއާ ބަޓަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި އެ ފިލްމަކީ 2008 ގެ "ސްލަމްޑޯގް މިލިއަނާ" ގެ ސައުންޑް މިކްސިން ހަދައިގެން އޮސްކާ އެވޯޑް ހޯދި ރެސުލް ޕޫކްޓީގެ ފުރަތަމަ ޑައިރެކްޝަނެވެ. އޭނާ ފިލްމު ޑައިރެކްޝަނަށް ނުކުންނަން އުޅޭ ވާހަކަ ދެކެވެނީ 2018 އިން ފެށިގެންނެވެ. އެގޮތުން ރެސުލްގެ އަލަތު ފިލްމު އަރުޖުން ކަޕޫރަށް ހުށަހެޅި ކަމަށް ބުނާ ވާހަކަތަކެއް ވެސް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި ރެސުލްގެ ފިލްމަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރާ ހަނގުރާމައިގެ ހަވާސާތެރޭގައި ހިނގާ ލޯބީގެ ކަންތައްތަކެއް ވެސް ދައްކުވައުދޭނެ ފިލްމެކެވެ. އެގޮތުން ފިލްމުގެ މައިގަނޑު ބިނާވާނީ އަސްކަރީ އޮފިސަރެއް ކަމަށްވާ ބާބާ ހަރްބަޖަން ކިޔާ ކެރެކްޓާއަކަށް ކަމަށް ބުނެފައިވެ އެވެ.
ފިލްމާ ބެހޭ ގޮތުން ރެސުލްއާ ހަވާލާދީ ފިލްމުފެއާ އިން ބުނީ ފިލްމުގެ ސްކްރިޕްޓް މިހާރު އޮތީ ނިމުމުގެ މަރުހަލާގައި ކަމަށެވެ. އެގޮތުން މީގައި 1967 ގައި އިންޑިއާ އާއި ޗައިނާއާ ދެމެދު ކުރި ހަނގުރާމަ އާއި ދެ ގައުމުގެ މެދުގައި މިހާރު ހިނގާ ކޯޅުންތަކަށް ވެސް އަލިއަޅުވައިލާނެ އެވެ.
ފިލްމުގެ ބަތަލާގެ ރޯލް އާލިއާ އަށް ދީފައިވާ ކަމަށް ބުނި ނަމަވެސް މި ޕްރޮޖެކްޓާ ބެހޭ އިތުރު މައުލޫމާތުތަކެއް އަދި ހާމައެއްނުކުރެ އެވެ.
އާލިއާގެ ކުރިއަށް އޮތް ފިލްމަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ސަޅަކް 2" އެވެ.
އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ގަންގްބާއީ ކަތިއަވާޅީ" އާއި "ބުރައްމަސްތުރާ" އާއި "އާރްއާރްއާރް" އަދި "ތަޚުތު" ހިމެނެ އެވެ.
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް
އާލިއާގެ ހަނގުރާމަ ފިލްމަކީ "ޕިހާރްވާ"
އާލިއާ ވެސް ވިޔަފާރިއަކަށް އިންވެސްޓްކުރަނީ
އިންޑިއާ އާއި ޗައިނާގެ ކޯޅުމަށް އަޖޭގެ ފިލްމެއް
ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓްނުކުރަން ގޮވާލައިފި
ޑިޖިޓަލްކޮށް ޕްރިމިއާކުރާ ބޮލީވުޑްގެ ފިލްމުތައް
"ގަންގްބާއީ" ގެ ސެޓް ރޫޅާލަނީ، 15 ކްރޯޑްގެ ގެއްލުމެއް
ލޮކްޑައުންގައި އާލިއާ ހަދަނީ އޮންލައިން ކޯހެއް
"ޗައިނީޒް މީޑިއަމް" ވެސް ހަދާނަން: ދިނޭޝް