12 ފެބުރުއަރީ 2018
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވައިލެއްވުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިތްހަމަޖެހިވަޑައިނުގެން، ދުންޔާ އަށް ރައްދު ދެއްވައިފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫކޮށްލުމަށް، އެމަނިކުފާނުގެ ދަރިކަނބަލުން ދުންޔާ މައުމޫން ގޮވައިލެއްވުމުން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ހިތްހަމަޖެހިވަޑައިނުގެން، ދުންޔާ އަށް ރައްދު ދެއްވައިފި އެވެ.
މައުމޫން ޖަލަށްލިތާ ހަތް ދުވަސް ފަހުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ "ގައުމުގެ ބައްޕަ" އަދި އޭނާގެ ބައްޕާފުޅު މިނިވަންކޮށް ގެ އަށް ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. އަދި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނެވި މައުމޫނަށް، އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރެއްވޭނެ ގޮތް ހަމަޖައްސައިދީ، ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވެސް ޓުވީޓްގައި ގޮވައިލެއްވި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ދަންވަރު މައުމޫން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު އެވެ. އެމަނިކުފާނު ދޫކޮށްލަން، ދުންޔާ ފުރަތަމަ ފަހަރަށް ގޮވާލެއްވި އިރު އެ ޓްވީޓުގައި، ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސް އާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިސިއާ ސްކޮޓްލޭންޑާއި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފަދަ ބޭފުޅުން ޓެގް ވެސް ކުރައްވާފައިވެ އެވެ.
I call upon the authorities to release & bring my father, HE @maumoonagayoom, Father of the Nation, home. I urge them to ensure proper access to his family, lawyers & medical care! @antonioguterres @PScotlandCSG @raad_zeid @theresa_may @realDonaldTrump @narendramodi @FedericaMog pic.twitter.com/FICF4ZSuax
— Dunya Maumoon (@dunyamaumoon) February 12, 2018
ބައްޕާފުޅު މައުމޫނާއި ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންއާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދިފައިވާތާ ގިނަ ދުވަސްތަކެއް ވީ ނަމަވެސް، އެކަމާ ދެކޮޅަށް ދުންޔާ މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ރައީސް ޔާމީނާ ދެކޮޅަށް މައުމޫން ނުކުންނެވުމުން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ދުންޔާ މާ ގިނަ ދުވަހެއް އަލުން، މާ ދަށް މަގާމެއްގައި ސަރުކާރާ ގުޅިވަޑައިގަތެވެ. އޭގެ ފަހުން އޭނާ އާއި ކޮއްކޯފުޅު މުހައްމަދު ގައްސާން މައުމޫން ހުންނެވީ، ރައީސް ޔާމީންގެ ސަރުކާރު ދިފާއުކުރެއްވުމުގަ އެވެ.
ދުންޔާގެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް ޔާމީންއާ އެންމެ އަރިސް އެއް މިނިސްޓަރު ޝައިނީ ވިދާޅުވީ މައުމޫން ޖަލުގައި ހުންނެވީ ސަރުކާރު ވައްޓާލުމަށް ރިޝްވަތުދީ، އެކަމަށް މަސައްކަތް ކުރެއްވުމުން ކަމަށެވެ. އެހެންވެ އެހެން ކުށްވެރިންނާ އެމަނިކުފާނާ ތަފާތުކޮށް އަމަލު ކުރަންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
ޓުވީޓުގެ ތަފްސީލް ދެއްވަމުން ޝައިނީ "މިހާރު" އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނިކޮށް، އެ މަޝްވަރާ އަށް ހުރަސް އެޅޭ ފަދަ މޭރުމަކުން ދުންޔާ ވާހަކަ ދައްކަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
@maumoonagayoom was arrested on the charges of bribery and unlawfully bringing down a government (coup), so why shud he be treated any different from other alleged criminals. Don’t try to stir the efforts of government to engage in dialogue to resolve the situation... 1/2
— Mohamed Shainee (@mshainee) February 12, 2018
އަދި މައުމޫނަށް ލިބެން ޖެހޭ ހުރިހާ ހައްގެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށާއި އެހެންވެ، ހަގީގަތާ ހިލާފު ދޮގު ވާހަކަ ނުފެތުރުމަށް ދުންޔާގެ ކިބައިން ޝައިނީ އެދިވަޑައިގެންނެވި އެވެ.
"މައުމޫނަށް ލޯޔަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭ. ފުރިހަމަ އަށް ބޭސްފަރުވާ ކުރުމުގެ ހައްގު ވެސް ލިބޭ. އެހެންވީމަ ދުންޔާ ދޮގު ވާހަކަ ފަތުރާކަށް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޝައިނީ ވަނީ މައުމޫނަށް ބޭއިންސާފުން ކަންކަން ކުރާ ވާހަކަ ވެސް ދޮގު ކުރައްވައިފަ އެވެ. އަދި ބޭނުންހާ ވަގުތަކު އާއިލާ އަށް ވެސް މައުމޫނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ތިބި އެހެން މީހުންނާއި މައުމޫނާ ވާނީ ހަމަހަމަ އެވެ. އަދި ރަނގަޅު ގޮތަކީ މައުމޫން ވެސް ތަހުގީގަށް އެއްބާރުލުން ދެއްވައި އެމަނިކުފާނާ ދެކޮޅަށް ކުރެވޭ ތުހުމަތުން ބަރީއަވާން މަސައްކަތް ކުރެއްވުން ކަމަށް ވެސް ވިދާޅުވި އެވެ.
As chair of all party talks i condemn these baseless allegations tht @maumoonagayoom doesn’t have access to medical treatments n lawyers. Currently he is not cooperating with the investigation. Lawyers are given access n whenever rqstd medical trtmnt hve been given....2/2
— Mohamed Shainee (@mshainee) February 12, 2018
"ޕާޓީތަކުގެ މަޝްވަރާ ޗެއާކުރައްވާ މީހެއްގެ ހައިސިއްޔަތުން، މައުމޫނަށް ބޭސްފަރުވާ އާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ކުށްވެރި ކުރަން،" ޝައިނީ ވިދާޅުވި އެވެ.
މައުމޫނަށް ވަކީލުންނާއި އާއިލާއާ ބައްދަލު ނުކުރެއްވޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރި ފަހުން، އެ އުސޫލު ބަދަލުކޮށް ވަކީލުންނާ ބައްދަލު ކުރުމާއި ގުޅުއްވުމުގެ ފުރުސަތު އަލުން ވަނީ ދީފަ އެވެ.
އެކަމަކު އެމަނިކުފާނަށް އާއިލާއާ ބައްދަލުކުރެއްވުމުގެ ފުރުސަތެއް ނުދެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނިގޮތުގައި މައުމޫނަށް ވަކީލުންނާ ބައްދަލުނުކުރެއްވޭނެ ކަން އެންގީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ. އެކަމަކު ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ވަކީލުންގެ އެހީ ހޯދުމުގެ ހައްގު އުނިކޮށްފައެއް ނުވެ އެވެ.
މައުމޫންގެ އިތުރުން އުއްތަމަފަނޑިޔާރު އަަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ހުކުމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވަގުތުން ދޫކުރަން އަމުރުކޮށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހައްޔަރުކޮށް، ބިރުދެއްކުމަށެވެ.
އަޅުގަނޑުގެ އާއިލާގެ އެންމެން ދޫކޮށްލާ: ދުންޔާ
މައުމޫނަށް ވަކީލުންނާ ބައްދަލުކުރެވޭ ގޮތް ހަމަޖައްސައިފި
ދުންޔާގެ މެސެޖް ފާރިސް އަށް: ކެތްތެރިވެ، ހިތްވަރުކުރޭ
ޝައިނީގެ ރައްދު: ދުންޔާ އިސްތިއުފާ ދެއްވީ ފޭލްވުމުން
މައުމޫންގެ ބޭސްފަރުވާ އަށް އިހުމާލުވުމުން ދައުވަކުރަނީ
ހުކުމާ އެއްގޮތަށް މައުމޫންގެ ބޭފުޅުން ދަރަނި ދައްކައިފި
"ރާއްޖެ އޮތް ތަނުގެ ސަބަބުން ނުރައްކާތައް އެބަހުރި"
ދެ މިލިއަން ދޭން އެންގި މައްސަލަ ހައިކޯޓުން ބޭރުކޮށްފި
"ކުއްލި ނުރައްކަލުގައި ހައްޔަރުކުރީތީ ފިޔަވަޅުއަޅައިދީ"
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު