Roadha Mihaaru
އޮސްކާ: މޮޅު ފިލްމަކީ "ނޯމެޑްލޭންޑް"

އޮސްކާ 2021: މޮޅު ފިލްމަކީ "ނޯމެޑްލޭންޑް"

27 އެޕްރީލް 2021

އާދީއްތަ ދުވަހު ބޭއްވި މި އަހަރު 93 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގެ ވެސް މޮޅު ފިލްމުގެ މަގާމު ހޯދި "ނޯމެޑްލޭންޑް" އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާދީއްތަ ދުވަހު ބޭއްވި މި އަހަރު 93 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު މި އަހަރުގެ ގޯލްޑެން ގްލޯބް އެވޯޑްސްގެ ވެސް މޮޅު ފިލްމުގެ މަގާމު ހޯދި "ނޯމެޑްލޭންޑް" އަށް ލިބިއްޖެ އެވެ.

އެ ފިލްމަށް ލިބުނު އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ޑައިރެކްޓަރު (ކްލޯއީ ޒާއޯ) ގެ އެވޯޑާއި އެންމެ މޮޅު ބަތަލާ (ފްރާންސެސް މެކްޑޯމަންޑް) އެވޯޑް ވެސް ހިމެނެ އެވެ. "ނޯމެޑްލޭންޑް" އަކީ ކްލޯއީގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހެދި ޑްރާމާ ފިލްމެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިލީޒްކުރި އެ ފިލްމުގެ ކާސްޓްގައި ޑޭވިޑް ސްޓްރެއިތަމް އާއި ވޮބް ވެލްސް، ލިންޑާ މޭގެ އިތުރުން ސްވާންކީ ހިމެނެ އެވެ.

އޮސްކާގެ މުހިއްމު އުސްއަލިތައް:

* މޮޅު ބަތަލު: އެންތަނީ ހޮޕްކިންސް (ދަ ފާދާ)

* މޮޅު ސަޕޯޓިން ބަތަލު: ޑެނިއަލް ކަލޫޔާ (ޖުޑާސް އެންޑް ދަ ބްލެކް މަސާޔާ)

* މޮޅު ސަޕޯޓިން ބަތަލާ: ޔޫ-ޖުން ޔޫން (މިނާރީ)

* މޮޅު އޮރިޖިނަލް ސްކްރީންޕްލޭ: ޕްރޮމިޒިން ޔަންގް ވުމަން

* މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: ދަ ފާދާ

* މޮޅު އޮރިޖިނަލް ސްކޯ: ސޯލް

* މޮޅު އޮރިޖިނަލް ސޯންގް: ފައިޓް ފޯ ޔޫ (ޖުޑާސް އެންޑް ދަ ބްލެކް މަސާޔާ)

* މޮޅު ސިނަމަޓޯގްރަފީ: މޭންކް

* މޮޅު މޭކަޕް/ހެއާސްޓައިލިން: މަ ރެއިނީޒް ބްލެކް ބޮޓަމް

* މޮޅު ކޮސްޓިއުމް: މަ ރެއިނީޒް ބްލެކް ބޮޓަމް

* މޮޅު އެޑިޓިން: ސައުންޑް އޮފް މެޓަލް

* މޮޅު ސައުންޑް: ސައުންޑް އޮފް މެޓަލް

* މޮޅު ވިޝުއަލް އިފެކްޓްސް: ޓެނެޓް

* މޮޅު ޕްރޮޑަކްޝަން ޑިޒައިން: މޭންކް

* މޮޅު އެނިމޭޓެޑް ޝޯޓް: އިފް އެނީތިން ހެޕެންސް އައި ލަވް ޔޫ

* މޮޅު ލައިވް-އެކްޝަން ޝޯޓް: ޓޫ ޑިސްޓަންޓް ސްޓްރޭންޖާޒް

* މޮޅު އެނިމޭޓެޑް ފީޗާ: ސޯލް

* މޮޅު ޑޮކިއުމަންޓަރީ ފީޗާ: މައި އޮކްޓޮޕަސް ޓީޗާ

* މޮޅު ޑޮކިއުމަންޓަރީ ޝޯޓް: ކޮލެޓް

* މޮޅު ބޭރު ފިލްމު: އެނަދަ ރައުންޑް (ޑެންމާކް)

އެމެރިކާގެ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި އޮސްކާ އެވޯޑް ހަފުލާ ބޭއްވީ ގައިދުރުކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ގިނަ ބަޔަކު އެއް ތާކަށް ޖަމާވެގެންނެވެ.