17 ފެބުރުއަރީ 2018
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން ހައްޔަރު ކޮށްފައި ހުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް، ހެކި ފޮރުވުމުގެ ތުހުމަތެއް ކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން ހައްޔަރު ކޮށްފައި ހުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް، ހެކި ފޮރުވުމުގެ ތުހުމަތެއް ކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުން މިއަދު ބުނެފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ވަކި ގޮތަކަށް ހުކުމް ކުރުމާއި ގާނޫނާއި ޚިލާފަށް ސަރުކާރު ބަދަލުކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައިވާ ގޮތުން ހެކި ފޮރުވިކަމުގެ ތުހުމަތެއް އުއްތަމަ ފަނޑިޔާރުގެ މައްޗަށް މިހާރު ވަނީ ކޮށްފަ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް އުއްތަމަ ފަނޑިޔާރަށް ވަނީ ލިބިފަ އެވެ. އަދި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް އެ މަނިކުފާނު މަސައްކަތް ކުރެއްވި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދާއި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފަ އެވެ.
މައުމޫނާއި ފަނޑިޔާރުންނާ މެދު ޕީޖީން ގޮތެއް ނުނިންމާ
"އުއްތަމަ ފަނޑިިޔާރާ ދޭތެރޭ އަމަލުކުރަނީ އިހާނެތިކޮށް"
ޝަރީއަތް ނިމެންދެން ނަދީމް ބަންދުކުރީ ގޯސްކޮށް: ކޯޓް
އަލީ ހަމީދުގެ އަނބިކަނބަލުން ގޭބަންދުން ދޫކޮށްލައިފި
32 މީހަކު އަދިވެސް ތިބީ ބަންދުގައި: ހިސާން
މުވައްކިލުންނާ އެކު އަދިވެސް ދެނީ 30 މިނެޓް: ހިސާން
އުއްތަމަ ފަނޑިޔާރު ވެސް ޝަރީއަތް ނިމެންދެން ބަންދަށް
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ޝަރީއަތެއް މިއަދު
އުއްތަމަ ފަނޑިޔާރުގެ ވަކީލުގެ ގޮނޑި ދަށުން ރެކޯޑަރެއް
ރިޔާޒަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު