14 މާޗް 2018
ދޫނިދޫގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރަން މިއަދު ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވަކީލް ހިސާން ހުސައިން ގޮނޑިދަށުން ޓޭޕް ރެކޯޑަރެއް ފެނުނު ކަމަށް ހިސާން ވިދާޅުވެއްޖެ އެވެ.
ދޫނިދޫގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރަން މިއަދު ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ ވަކީލް ހިސާން ހުސައިން ގޮނޑިދަށުން ޓޭޕް ރެކޯޑަރެއް ފެނުނު ކަމަށް ހިސާން ވިދާޅުވެއްޖެ އެވެ.
ވަކީލް ހިސާން ހުސައިން ދެންމެ ކުރެއްވި ޓްވީޓެއްގައިވަނީ އުއްތަމަ ފަނޑިޔާރާ އެކު ދޫނިދޫގައި އޭނާ ބޭއްވި ބައްދަލުވުމުގައި ގޮނޑިދަށުން ޓޭޕް ރެކޯޑަރެއް ފެނިފައިވާ ކަމަށެވެ. އެކަމަކު ފުލުހުން އެކަމާ ގުޅޭގޮތުން އެއްޗެއް ނުބުނި ކަމަށް ހިސާން ވިދާޅުވި އެވެ.
ދޫނިދޫން ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ހިސާން ވިދާޅުވީ މިއަދު ވަޑައިގެންނެވި އިރު އުއްތަމަ ފަނޑިޔާރާ ބައްދަލުކުރުމަށް ހަމަޖައްސާފައި ވަނީ އެއާކޮންޑިޝަން ކޮޓަރިއެއް ކަމަށާއި އެކަމާ ސުވާލުކުރެއްވުން، އެއީ އުއްތަމަ ފަނޑިޔާރު ކަމަށް ވާތީ ހަމަޖެއްސި ގޮތެއް ކަމަށް ފުލުހުން ބުނި ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ހައްޔަރުކުރިތާ މަސް ދުވަސްވީ އިރު ފަންކާއެއް ވެސް ނެތް ގޮޅިއެއްގައި ބާއްވާފައި އޮންނަނީ ކީއްވެތޯ ހިސާން ސުވާލުކުރެއްވި އެވެ.
I just found a red tape recorder placed under my chair by @PoliceMv while attending lawyer meeting with CJ at dhoonidhoo. Have shown it to many lawyers as well. Dhoonidhoo officers refused to give us any answers or explanations. #MaldivesInCrisis
— Hisaan ؟? (@hisaanhussain) March 14, 2018
ހިސާންގެ ޓްވީޓް
ގޮޅި ތެރޭގައި ރެކޯޑަރެއް ބޭއްވި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކުރެ އެވެ. ފުލުހުން ބުނިގޮތުގައި، އެއީ ފުލުހުން ބަދުނާމު ކުރުމަށް ދައްކާ ވާހަކައެކެވެ. ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމަށް ހަމަޖައްސާފައި ވަނީ މިނިވަންކަމާ އެކު ބައްދަލުކުރެވޭނެ ތަނެއް ކަމަށާއި ރެކޯޑަރެއް ފެނުނު ކަމަށް ބުނާ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެވެ. އެމަނިކުފާނުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް އެ މައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންގެ މައްޗަށް، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެ އެވެ.
މީގެ އިތުރުން ހެކި ނައްތާލި ކަމަށް ބުނެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މައްސަލާގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އޮޕަރޭޝަން ފެށުމާ އެކު ނާޒިމް "ފިލައިފި"
ގިނަ ޝަރީއަތްތައް ކެންސަލްވީ އިދާރީ މައްސަލަތަކާ ހެދި
ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރަނީ
ދެ ގާޒީން ހައްޔަރުކުރަން ސުއޫދު ގޮވާލައިފި
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން
"ދެ ފަނޑިޔާރުންނަށް ހުކުމްކުރީ އަވަސް އަރުވާލައިގެން"
ދެފަނޑިޔާރުންގެ ހައްގު ވަނީ ނިގުޅައިގެންފައި: ވަކީލުން
ވަކީލުންގެ ބައްދަލުވުންތައް އެކަށީގެންވާ ގޮތެއްގައި ދެނީ
ވަކީލުންނާ ބައްދަލު ކުރެވޭ ވަގުތު އިތުރުކޮށްފި