ކޮލަމްބޯ (ފެބްރުއަރީ 18) - ސްރީ ލަންކާގެ ސެންޓްރަލް ބޭނުންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތަހުގީގަށް އެ ބޭންކުގެ ކުރީގެ ގަވަރްނަރު އަރްޖުނާ މަހެންދުރަ އަންނަ މަހު 8 ގެ ކުރިން ޕޮލިހަށް ހާޒިރުވުމަށް ކޯޓުން އަނެއްކާ ވެސް އަންގައިފި އެވެ.
18 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 18) - ސްރީ ލަންކާގެ ސެންޓްރަލް ބޭނުންކުން ބޮންޑު ވިއްކުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތަހުގީގަށް އެ ބޭންކުގެ ކުރީގެ ގަވަރްނަރު އަރްޖުނާ މަހެންދުރަ އަންނަ މަހު 8 ގެ ކުރިން ޕޮލިހަށް ހާޒިރުވުމަށް ކޯޓުން އަނެއްކާ ވެސް އަންގައިފި އެވެ.
މަހެންދުރަންގެ މައްޗަށް ފޯޓް މެޖިސްޓްރޭޓް ކޯޓުން ދެ ވަނަ އަމުރު ނެރެފައި ވަނީ މި މަހު 15 ގެ ކުރިން އޭނާ ފުލުހަށް ހާޒިރުވުމަށް ކޯޓުން އެންގި އެންގުމަށް ތަބާވެފައި ނުވާތީ އެވެ. ކޯޓުން ފުރަތަމަ އެންގީ އިންޓަޕޯލް މެދުވެރިކޮށް މަހެންދުރަންގެ ގެއަށް އަމުރު ފޮނުވުމަށެވެ. ނަމަވެސް އެ އަމުރު އިންޓަޕޯލުން މަހެންދުރަންގެ ގެއަށް ހަވާލުކޮށްފައެއް ނުވެ އެވެ. ކޯޓުން މި ފަހަރު އަންގާފައި ވަނީ ޕޮލިހުންގެ ސީއައިޑީ އިން އެކްސްޕްރެސް މެއިން ނުވަތަ ޑީއެޗްއެލް މެދުވެރިކޮށް ސިންގަޕޫރުގައި ހުންނަ މަހެންދުރަންގެ ގެއަށް ނޯޓިސް ފޮނުވުމަށެވެ.
މަހެންދުރަން އަކީ ސްރީ ލަންކާ ރައްޔިތެއް ނަމަވެސް އޭނާ ދިރިއުޅެނީ ސިންގަޕޫރުގަ އެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މަހެންދުރަންގެ އިތުރުން އޭނާގެ ދަނބިދަރި ޕާޕަޗުއަލް ޓްރެޝަރީ ލިމިޓެޑުގެ ޑިރެކްޓަރު އަރްޖުން އަލޮއިސިއަސް އާއި އެ ކުންފުނީގެ ސީއީއޯ ކަސުން ޕަލިސެނާ ވަނީ ބޭންކުގެ ބޮންޑުގެ ކޮރަޕްޝަނުގައި ބައިވެރިވެފަ އެވެ.
ބޮންޑު ވިއްކި މައްސަލައިގެ ޚިޔާނާތް ތަހުގީގު ކުރަން ރައީސް މައިތުރިޕާލާ ސިރިސޭނާ އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން ބޮންޑުގެ ޚިޔާނާތުން ސަރުކާރަސް ވަނީ 8.52 ބިލިއަން ރުޕީސްގެ ގެއްލުންވެފަ އެވެ. ކޮމިޝަނުގެ 1،154 ސަފްހާގެ ރިޕޯޓުގައިވާ ގޮތުން ބޮންޑުގެ ޚިޔާނާތުން ސަރުކާރަށް ލިބުނު ގެއްލުން މަހެންދުރަން އާއި އޭނާގެ އަނބިދަރީގެ އަތުން ހޯދުމަށް ވެސް ލަފާދީފައިވެ އެވެ.
ސެންޓްރަލް ބޭންކުގެ ގަވަރުނަރުގެ މަގާމަށް މަހެންދުރަން 2015 ވަނަ އަހަރު ހަމަޖެއްސީ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. ބޮންޑުގެ ޚިޔާނާތާ ގުޅިގެން ރަނިލް އާއި ސިރިސޭނާގެ ކޯލީޝަނުގެ ގުޅުން ވެސް ވަނީ ގޯސްވެފަ އެވެ. އަދި އިގްތިސާދީ ހުރިހާ ކަމެއް ބެލެހެއްޓުން ރަނިލްގެ އަތްޕުޅުން ނަންގަވާ ސިރިސޭނާ ވަނީ ދާދި ފަހުން ހަވާލުވެވަޑައިގެންފަ އެވެ.
ލަންކާގެ ސެންޓްރަލް ބޭންކުގެ ޚިޔާނާތް 11 މިލިއަން ޑޮލަރަށް
ސެންޓްރަލް ބޭންކުގެ ޚިޔާނާތުގެ އިސް މީހާ ގެންނަނީ
ރަނިލްގެ ހާލު ގޯސްވެ، އައިސީޔޫގައި އެޑްމިޓްކޮށްފި
ސްރީލަންކަންގެ ކުރީގެ ޗެއާމަން ހައްޔަރުކޮށްފި
ރާޖަޕަކްސަ ސަރުކާރުގެ ދެ ވަޒީރަކަށް ބޮޑު ހުކުމެއް
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ލަންކާ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި
ލަންކާގެ ރައީސްގެ ކޮއްކޮގެ މައްސަލަ ބަލަން އަންގައިފި
ގޯޓާބޭގެ ކޮރަޕްޝަނުގެ މައްސަލަތައް ނުބަލަން ނިންމައިފި
ކޮރަޕްޝަން ބަލާ ކޮމިޝަނަށް ރަނިލް ހާޒިރު ކުރަނީ