20 ފެބުރުއަރީ 2018
ރާއްޖޭގެ ބާސްކެޓްބޯޅައިގައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް އެއްކޮށްގެން ޓީރެކްސް އިން ހަދާފައިވާ ރެކޯޑް އެ ޓީމުން ރޭ އާކުރިއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެ ޓީމުގެ އިބްރާހިމް ރަޝްވާން (ޗިކު) ހަދާފައިވާ ރެކޯޑް ސްޓިންގާސްގެ މުހައްމަދު ސަބީހް ތައުފީގް މުގުރާލައިފި އެވެ.
ރާއްޖޭގެ ބާސްކެޓްބޯޅައިގައި އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް އެއްކޮށްގެން ޓީރެކްސް އިން ހަދާފައިވާ ރެކޯޑް އެ ޓީމުން ރޭ އާކުރިއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން އެ ޓީމުގެ އިބްރާހިމް ރަޝްވާން (ޗިކު) ހަދާފައިވާ ރެކޯޑް ސްޓިންގާސްގެ މުހައްމަދު ސަބީހް ތައުފީގް މުގުރާލައިފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕުގައި 2013 ވަނަ އަހަރު ވީ ޔުނައިޓެޑް އަތުން 220-43 ޕޮއިންޓުން މޮޅުވެ ރެޑްލައިނުން ހެދި ރެކޯޑް ޓީރެކްސް އިން އެންމެ ފުރަތަމަ މުގުރާލީ އެމްބީއޭ ޗެމްޕިއަންޝިޕުގައި މި މަހުގެ 10 ވަނަ ދުވަހުގެރޭ ލަޔަނެސް ސްޕޯޓްސް ކްލަބް އަތުން 231-14 ޕޮއިންޓުން މޮޅުވެގެންނެވެ.
އެ ރެކޯޑް އެ ޓީމުން އާ ކުރީ ރޭ ކްލަބް ބްލޫ ލެޕަޑް ސްޕޯޓްސް އަތުން 255-32 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގައި އެންމެ ގިނަ ޕޮއިންޓް އެއްކުރީ 61 ޕޮއިންޓް ހޯދި ހުސެއިން ހަލީމް އެވެ. ރޭގެ މެޗުގައި ޗިކު އެއްކުރީ 47 ޕޮއިންޓެވެ.
ރެޑްލައިނުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ޒިލާލް 67 ޕޮއިންޓް އެއްކޮށްގެން ހަދާފައިވާ އިންޑިވިޖުއަލް ރެކޯޑް 85 ޕޮއިންޓް އެއްކޮށްގެން ޗިކު މުގުރާލާފައިވަނިކޮށް އެ ރެކޯޑް މި ފަހަރު މުގުރާލީ އުމުރުން 19 އަހަރުގެ ސަބީހެވެ. އޭނާ ރެކޯޑް ހެދީ ލަޔަނެސް އަތުން ރޭ 231-14 ޕޮއިންޓް ސްޓިންގާސް މޮޅުވި މެޗުގައި 88 ޕޮއިންޓް ހޯދައިގެންނެވެ.
މުބާރާތުގެ ގްރޫޕް އެކަކުން ކިންގްސް ބީސީ ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ. ދެ ވަނަ ގްރޫޕް ޓީރެކްސް ވެސް ވަނީ ސެމީން ފުރުސަތު ހޯދައިފަ އެވެ. ދެ ގްރޫޕުން ވެސް ސެމީގެ އަނެއް ޖާގަ ލިބޭނެ ޓީމެއް އެނގޭނީ ފަހު މެޗުތަކަށް ފަހު އެވެ.
ފުރަތަމަ ސެމީގައި މި މަހުގެ 25 ގެ ހަވީރު ވާދަކުރާނީ ގްރޫޕް އެކެއްގެ އެއް ވަނަ ޓީމާއި ގްރޫޕް ދޭއްގެ ދެ ވަނަ ޓީމެވެ. އެރޭ ކުޅޭ ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ގްރޫޕް ދޭއްގެ އެއް ވަނަ ޓީމާއި ގްރޫޕް އެކެއްގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެރޭ އެވެ.
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
އަމްޒަރާއި އިސްރާއު: ދެމަފިރިންނަށް ހާއްސަ އުފަލެއް
އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް
ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް އަށް
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި
ފުރަތަމަ ދެ މެޗު ކިންގްސް އާއި ރޯޔަލްސް އަށް
އެމްބީއޭ ޗެމްޕިއަންޝިޕް ޓީރެކްސް އާއި ޓައިޓަންސް އަށް
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ޗެމްޕިއަންޝިޕް ރެޑްލައިން ކާމިޔާބުކޮށްފި
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަން ޔޫތަށް