Roadha Mihaaru
އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަން ޔޫތަށް

އެމްބީއޭ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަން ޔޫތު ކާމިޔާބުކޮށްފި

20 އޯގަސްޓް 2016

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޔޫތު ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.

އެ ޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ޑީ ބާސްކެޓްބޯލް ކްލަބާ ވާދަކޮށް 56-29 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫތުގެ ފާތިމަތު ރިޝްމާ އެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ވެސް 21 ޕޮއިންޓާ އެކު ރިޝްމާ އެވެ. ޑީ ބާސްކެޓްބޯލް ކްލަބަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އައިމިނަތު ޝިއުރާ އެވެ. އޭނާ ވަނީ އަށް ޕޮއިންޓް ހޯދައިފަ އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ޕޮއިންޓް އެއްކުރި ކުޅުންތެރިޔަކަށް ހޮވުނީ ޔޫތުގެ ރިޝްމާ އެވެ. އޭނާ މުބާރާތުގައި ޖުމްލަ 64 ޕޮއިންޓް އެއްކުރި އެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔަކަށް ޑީ ބާސްކެޓްބޯލް ކްލަބުގެ ޝިއުރާ ހޮވުނުއިރު އެންމެ މޮޅު ޕޮއިންޓް ގާޑަކީ އެ ޓީމުގެ ޝިޒްނާ ރަޝީދު (ޝިޒޫ) އެވެ. އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކީ ޔޫތުގެ ފާތިމަތު ރީމާ އެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޔޫތުގެ އިލްޔާސް އިބްރާހިމް (އިއްލަ) އެވެ.