Roadha Mihaaru
ޕީޖީގެ ވިސްނުން ބަދަލުނުކުރަން އެދި ޕެޓިޝަނެއް ހަދައިފި

ޕީޖީގެ ވިސްނުން ބަދަލުނުކުރަން އެދި ޕެޓިޝަނެއް ހަދައިފި

22 ފެބުރުއަރީ 2018

ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ނިންމީ ގާނޫނާ ޚިލާފް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވި މައްސަލާގައި އެކަމަނާގެ ވިސްނުން ބަދަލު ނުކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ޕެޓިޝަނެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި މަހު 5ގައި ރައީސް އަބްދުﷲ ޔާމީން އިއުލާންކުރެއްވި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ވަނީ ފާސްކޮށްފަ އެވެ. މަޖިލީހުގެ އެގޮތަށް ފާސްކުރި ފަހުން ޕީޖީ ބިޝާމް ފުލުހުންނަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ކުއްލި ހާލަތާ މެދު މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި އެހެންވެ ކުއްލި ހާލަތުގެ ދަށުން މީހުން ބަންދުގައި ބޭތިއްބޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ދޫކޮށްލަން އެ ސިޓީގައި ޕީޖީ ބިޝާމް ފުލުހުންނަށް އަންގަވާފައެއް ނުވެ އެވެ.

ކުއްލި ހާލަތާ މެދު ޕީޖީ ބިޝާމް މިހާރު ދެކެވަޑައިގަންނަވާ ގޮތް ބަދަލު ނުކުރުމަށް އެދި ޕެޓިޝަންގައި ސޮއިކުރީ ކިތައް މުވައްޒަފުން ކަމެއް އަދި ސާފެއް ނުވެ އެވެ.

ޕީޖީގެ ވިސްނުން ބަދަލު ނުކުރަން އެދި އެ އޮފީހުގެ ވަކީލުން ޕެޓިޝަނެއްގައި ސޮއި ކުރިއިރު އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސް މުވައްޒަފަކު ވަނީ ކުއްލި ހާލަތާ މެދު އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަނުޖެހިގެން އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ އޮފީހުގެ އެހެން ވަކީލަކު ވަނީ ކުއްލި ހާލަތު އިއުލާންކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފަ އެވެ.