Roadha Mihaaru
އައްޑޫގައި އިދިކޮޅު މީހުންގެ ހަރަކާތަށް ފުލުހުން ހުރަސް އަޅައިފި

އައްޑޫގައި އިދިކޮޅު މީހުންގެ ހަރަކާތަށް ފުލުހުން ހުރަސް އަޅައިފި

23 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިއަދު އައްޑު އަށް ވަޑައިގެން ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސަރުކާރާ ދެކޮޅަށް އަަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދަށް އެއްވުމުން ފުލުހުން ހުރަސް އަޅައި، ފުލުހުންގެ ބެލުމުގެ ދަށަށް ހަރުގެ ގެންގޮސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް މިއަދު އައްޑު އަށް ވަޑައިގެން ޕީޕީއެމްގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާއިރު، ސަރުކާރާ ދެކޮޅަށް އަަޑު އުފުލުމަށް އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހިތަދޫ ހަރުގެ ސަރަހައްދަށް އެއްވުމުން ފުލުހުން ހުރަސް އަޅައި، ފުލުހުންގެ ބެލުމުގެ ދަށަށް ހަރުގެ ގެންގޮސްފި އެވެ.

އެމްޑީޕީ ހިތަދޫ ހަރުގެ ހުންނަނީ ޕީޕީއެމުން މިއަދު ހަރަކާތް ބާއްވާ ހިތަދޫ ސްޓޭޖް ސަރަހައްދާ މާ ދުރު ނޫން ހިސާބެއްގަ އެވެ.

އެއްވުން ރޫޅާލުމުން މުޒަހާރާގެ ބައިވެރިން މިހާރު ޕީޕީއެމްގެ ހަރަކާތް ކުރިއަށްދާ ހިތަދޫ ސްޓޭޖް ސަރަހައްދާ ދިމާލުން ލިންކް ރޯޑްގެ އެކި ދިމަދިމާލުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޕީޕީއެމުން ސިޔާސީ ހަރަކާތްތައް ބާއްވާއިރު، އިދިކޮޅު ޕާޓީތަކުގެ ހަރަކާތަށް ހުރަސް އެޅުމުން އެކަމާ އަންނަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.

އެމްޑީޕީގެ ޓްވީޓެއް.

ހިތަދޫ ލިންކް ރޯޑްގައި ރަޔަޓް ގިޔަރުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މީގެ ހަފުތާއެއް ކުރިން ވެސް އިދިކޮޅު ޕާޓީތަކުން އައްޑޫގައި ބާއްވަން އުޅުނު ވެހިކަލް ބުރަށް ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.

އެމްޑީޕީގެ ޓްވީޓެއް.

"މަގޭ ގައުމާ މަގޭ ދީނާ ނުކުޅެއްޗޭ" ގެ ނަމުގައި އިއްޔެއިން ފެށިގެން ޕީޕީއެމުން ހަރަކާތްތައް ހިންގަމުން އަންނަ އިރު، ފުލުހުން އެ ހަރަކާތްތައް ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށް ބުނެ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މީހުން އަންނަނީ ކަންބޮޑުވުން ވެސް ފާޅު ކުރަމުންނެވެ. ޕީޕީއެމުން މިއަދު ބާއްވާ ހަރަކާތުގައި ބައެއް މިނިސްޓަރުންނާއު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.