Roadha Mihaaru
އައްޑޫ ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި

އައްޑޫ މުޒާހަރާގެ ތެރެއިން ޑެޕިއުޓީ މޭޔަރު ހައްޔަރުކޮށްފި

24 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އައްޑޫ ހިތަދޫގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ހައްޔަރުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި، އައްޑޫ ހިތަދޫގައި މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ހައްޔަރުކޮށްފި އެވެ.

ޔަސްރިފަކީ އައްޑޫ ސިޓީ ކައުންސިލަށް ހިތަދޫ ދެކުނު ދާއިރާ އިން އިންތިޚާބުވެ ވަޑައިގެންނެވި ކައުންސިލަރެވެ.

ހިތަދޫގައި މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގައި، ޔަސްރިފްގެ އިތުރުން އެމްޑީޕީ އައްޑޫ ދާއިރާގެ ނައިބު ރައީސް އިބްރާހީމް ރަޝީދު (އިބްރޭ) އާއި ހިތަދޫ މެދު ދާއިރާގެ ރައީސް މުހައްމަދާއެކު އިތުރު ތިން މީހަކު ހައްޔަރުކޮށްފައި ވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅި ކަމަށް ބުނެ އިއްޔެ ވެސ އިދިކޮޅު ދެ މީހަކު ހައްޔަރު ކުރި އެވެ. ނަމަވެސް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މިއަދު ގެންދިއުމުން ވަނީ ދޫކޮށްލައިފަ އެވެ.

އެމްޑީޕީގެ ޓްވީޓެއް.

އެމްޑީޕީ އިސްކޮށް އޮވެ، އައްޑޫގައި މިހާރު ކުރިއަށް ގެންދާ މުޒާހަރާތައް ހުއްޓާ ނުލައި، ސިލްސިލާކޮށް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުންޏެވެ. ނަމަވެސް ފުލުހުން ނުކުމެ، އިދިކޮޅު އެއްވުންތަކަށް ހުރަސް އަޅަމުން ދާކަން ފާހަގަކޮށްފައި ވެ އެވެ.