Roadha Mihaaru
ވަޔަކޮމް ވެސް ސްޓްރީމިން އަށް ނުކުންނަނީ

އަނެއްކާ ވެސް އިތުރު ކުންފުންޏެއް ސްޓްރީމިން ސާވިސް އަށް ނުކުންނަނީ

05 މާޗް 2018

އަންނަ އަހަރު ޑިިޒްނީން ވެސް ސްޓްރީމިން ސާވިސް އަށް ނުކުންނަން ތައްޔާރުވަމުން އަންނަ އިރު، މަޝްހޫރު އެހެން ކުންފުންޏަކުން ވެސް އެ ހިދުމަތުގެ ތެރެއަށް ނުކުންނަން ނިންމައިފަ އެވެ. އެއީ މިހާރު ވެސް މަލްޓިނެޝަނަލް ކުންފުންޏެއްގެ ގޮތުގައި ހިންގާ އެމެރިކާގެ ވަޔަކޮމް އެވެ. އެ ކުންފުނީގެ ދަށުގައި އެމްޓީވީ، ނިކޮލޯޑިއަން، ކޮމެޑީ ސެންޓްރަލް އަދި ޕެރަމައުންޓް މޫވީ ސްޓޫޑިއޯ ފަދަ ތަންތަން ހިމެނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެހެންވެ ވަޔަކޮމް އިން ބުނަނީ އެ ތަންތަނުގެ މުއްސަނދި ލައިބްރަރީއާ އެކު، އެ މީހުންނަށް ވަރަށް ފުޅާކޮށް، ސްޓްރީމިން ސާވިސްގެ ތެރެއަށް ނުކުމެ، މިހާރު ވެސް މި ވިޔަފާރީގެ ތެރޭގައި އުޅޭ ވަރުގަދަ އެހެން ކުންފުނިތަކާ ވާދަކޮށްލެވޭނެ ކަމަށެވެ.

މިހާރު އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ސްޓްރީމިން ސާވިސްތަކުގެ ތެރޭގައި ނެޓްފްލިކްސް، އެމެޒޯން ޕްރައިމް ވީޑިއޯ އަދި އެޗްބީއޯ ފާހަގަކޮށްލެވެ އެވެ.

ވަޔަކޮމްގެ ސީއީއޯ ރޮބަޓް އެމް. ބެކިޝް ބުނި ގޮތުގައި އެ ކުންފުނިން ސްޓްރީމުން ސާވިސް އަށް ނުކުންނަން ނިންމާފައިވާތީ މިކަމާ ބެހޭ ގޮތުން ބޯޑްގައި ވެސް މިދިޔަ މަހުގެ ކުރީކޮޅު ވަރަށް ފުޅާކޮށް މަޝްވަރާކޮށްފައިވެ އެވެ. އަދި ބޯޑުގެ ހުރިހާ މެމްބަރުން ވެސް ތިބީ އެކަމާއިގެން ކުރިއަށް ދާން ކަމަށް ބުންޏެވެ.

ވަޔަކޮމްއަކީ މަލްޓިޝެނަލް މީޑިއާ ކުންފުންޏެއް.

ވަޔަކޮމްއަކީ މަލްޓިޝެނަލް މީޑިއާ ކުންފުންޏެއް.

"މީގެ ސަބަބުން އަހަރެމެންގެ ވިޔަފާރީގެ ފައިދާތައް ވެސް މިހާރަށް ވުރެ ބޮޑަށް މައްޗަށް ޖައްސާލެވޭނެ. އަހަރެމެންގެ އަތުގައި އެބަހުރި އެހެން ކުންފުނިތަކަށް ލައިސަންސް ނެތް ވަރަށް ގިނަ އުފެއްދުންތައް،" ބެކިޝް ބުންޏެވެ. "އެހެންވެ މި އުފެއްދުނަތަކާ އެކު ކާމިޔާބުކަމާ އެކު ސްޓްރީމިން ސާވިސް ފަށައި ގަނެވިދާނެ."

ނަމަވެސް ސްޓްރީމިން ސާވިސް ފަށާނެ އިރެއް ވަޔަކޮމް އިން އަދި ނުނިންމަ އެވެ.

ވަޔޮކޮމްގެ ދަށުން ހިންގާ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި މިހާރު އިންޑިއާގައި ހިންގާ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި "ވަޔަކޮމް 18" އަކީ ވަރަށް ކާމިޔާބު ސްޓޫޑިއޯއެކެވެ. އިންޑިއާގައި މިހާރު އެންމެ މަޝްހޫރު އެއް ޗެނެލް ކަމަށްވާ "ކަލާޒް" އަކީ ވެސް ވަޔޮކޮމްގެ ބެލެނިވެރި ޗެނެލެކެވެ.