Roadha Mihaaru
ޓެބްލެޓް ހޯދުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސްކޫލްތަކަށް ޓެބްލެޓް ހޯދުމުގެ މަޝްރޫއުގައި ކޮރަޕްޝަނެއް ނުހިމެނޭ: އޭސީސީ

03 މާޗް 2018

ރާއްޖޭގެ ހުރިހާ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓް ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ހުރިހާ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ދަށުން ދަރިވަރުންނަށާއި ޓީޗަރުންނަށް ބޭނުންވާ ޓެބްލެޓް ހޯދުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު އޭސީސީން ނިންމި މައްސަލަތަކުގެ ރިޕޯޓްގައިވާ ގޮތުން އެ މަޝްރޫއުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އިއުލާން ކޮށްގެން ކަމަށް ނުވިޔަސް، އެ ކަންކަން ކުރިއަށް ގެންދިޔައީ ބޮޑެތި މަޝްރޫއުތައް ބިޑް ކުރުމެއް ނެތި ކުރިއަށް ގެންދިއުމުގައި އަމަލު ކުރަންޖެހޭ ގޮތް ކަމަށް މާލިއްޔަތު ގަވާއިދުގައި ބުނެފައިވާ ގޮތަށެވެ.

އެގޮތުން އެ މަޝްރޫއުގެ ދަށުން ޓެބްލެޓް ހޯދުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ވަޒީރުން ބައިވެރިވެގެން މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭސީސީގެ ނިންމުމުގައިވެ އެވެ. އަދި އެ ކައުންސިލްގެ ބައްދަލުވުމުގައި އެ މަޝްރޫއުގެ ދަށުން ޓެބްލެޓް ހޯދުމުގައި ދައުލަތަށް ޚަރަދު ކުޑަވާނެ ގޮތަށް އެ ކައުންސިލުން އަމަލު ކޮށްފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.

މިދިޔަ އަހަރު އަމަލުކުރަން ފެށި މާލިއްޔަތު ގަވާއިދު ބުނާ ގޮތުން ބޭރު ގައުމެއްގެ އެހީގައި ނުވަތަ ލޯނު އެހީގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތައް ހިންގުމުގައި ބިޑް ކުރުމެއް ނެތި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް ކަނޑައަޅުއްވާ ފަރާތަކާ ހަވާލު ކުރެވިދާނެ އެވެ. އެގޮތަށް މަޝްރޫއު ހަވާލު ކުރެވޭ ފަރާތަކީ އެކަމަށް އެކަށީގެންވާ ފަރާތެއް ކަން ކަށަވަރު ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި 154 މިލިއަން ރުފިޔާ ހިމަނައިގެން ސަރުކާރުން ވަނީ 70،000 ޓެބްލެޓް ހޯދަން ނިންމައި، އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ޓާމް ނިމުމުގެ ކުރިން ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުން ކުރަން ފަށާނެ އެވެ.