އިއްޒުއްދީން ފާލަން ކައިރި އަށް އުޅަނދުފަހަރު ގާތް ނުކުރަން ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގައިފި އެވެ.
04 މާޗް 2018
އިއްޒުއްދީން ފާލަން ކައިރި އަށް އުޅަނދުފަހަރު ގާތް ނުކުރަން ހައުސިން މިނިސްޓްރީން އަނެއްކާ ވެސް އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އިއްޒުއްދީން ފާލަމާއި އެއް ނަމްބަރު އަދި ދެ ނަމްބަރު ފާލަމަކީ ވެސް ވިޔަފާރި އުސޫލުން ހިންގައި ބެލެހެއްޓުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ތަންތަނެވެ. އެކަމަކު މިހާރަކަށް އައިސް، ބައެއް އުޅަނދު ލަފާ ފުރުމުގައި، އިއްޒުއްދީން ފާލަމުގެ ހުޅަނގުން އޮންނަ އެއްގަމު ތޮށި ބޭނުން ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ވަނީ އިއްޒުއްދީން ފާލަމުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮންނަ ސަރަހައްދުގެ އެއްގަމު ތޮއްޓަށް އެއްވެސް އުޅަނދެއް ކައިރި ކުރުމަކީ މަނާކަމެއްކަން އަންގައި، އެކަން ނުކުރުމަށް ހަނދާންކޮށްދީފަ އެވެ.
ކުރިން އާއްމުކޮށް ދޯނިފަހަރު އަޅާފައި އޮންނަ އެ ސަރަހައްދަށް އުޅަނދުފަހަރު ގާތްނުކުރަން އެންމެ ފުރަތަމަ އެންގީ 2015 ވަނަ އަހަރު އެވެ. އިއްޒުއްދީން ފާލަމުގެ ބައެއްގެ ގޮތުގައި އެއް ނަމްބަރު އަދި ދެ ނަމްބަރު ފާލަން ހަމަޖެއްސުމަށް ފަހު އެ ސަރަހައްދު ދެން ދޫކުރީ ޓޫރިސްޓުން ބޭލުން ފަދަ ކަންކަން ކުރުމަށެވެ.
އިއްޒުއްދީން ފާލަން ކައިރިއަށް އުޅަނދުފަހަރު ކައިރި ކުރުން މަނާކޮށްފައިވީ ނަމަވެސް، އެ ތަނަށް ވަރަށް ގިނަ ލޯންޗާއި ރަށްރަށަށް ދަތުކުރާ ބައެއް ފެރީތައް ކައިރި ކުރެ އެވެ. އަދި ބައެއް ފަހަރަށް އެ ސަރަހައްދުގައި ބައި ގިނަވެ، ޓްރެފިކަށް ބުރޫ އަރާގޮތް ވެސް ވެ އެވެ.
ވިޔަފާރި އުސޫލުން އިއްޒުއްދީން ފާލަން ބޭނުން ކުރުން އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެ ސަރަހައްދުގައި އަޅާފައިވާ މަސްދޯނިތައް އެޅުމަށް މިނިސްޓްރީން ވަނީ ލޯކަލް މާރުކޭޓުގެ ހުޅަނގާއި ހުޅަނގު ދެކުނު ހާބަރުން ސަރަހައްދެއް ދީފަ އެވެ.
ރަސްމީ ފާލަން ތަރައްގީކޮށް އަލުން ހުޅުވައިފި
ކްރޫޒްތަކަށް އިއްޒުއްދީން ފާލަން ދޫކުރުން ހުއްޓާލައިފި
ރަސްމީފާލަން ހެދީ އަމީންގެ ވެރިކަމުގައި ހުރި ޑިޒައިނަށް
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
ރަސްމީ ފާލަމުގެ ސްޕީޑު މަޑުޖެހިފައި، އަވަސްވާނީ ތަކެތި އައުމުން
"ރަސްމީ ފާލަން ރަނގަޅަށް ހެދުމަކީ މުހިންމު ކަމެއް"
ރަސްމީ ފާލަން ފެންނާނީ 1950ގެ ސްޓައިލަށް
އިއްޒުއްދީން ފާލަމަށް ބޮޑު ބަދަލެއް ގެންނަނީ
ރަސްމީ ފާލަން ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތު ކުރަނީ
ދިއްގަރުގެ ހައުސިން މަޝްރޫއުގެ ބިންގާ އަޅައިފި