Roadha Mihaaru
އިރުމަތީ ޣޫތާއަށް ވެއްދިއެހީ ސިފައިން އަތުލަން ފަށައިފި

އިރުމަތީ ޣޫތާ އަށް ވެއްދި އެހީ ސިފައިން އަތުލަން ފަށައިފި

06 މާޗް 2018

ދިމިޝްގު (މާޗް 6) - ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައިވާ ޗެކްޕޮއިންޓްތައް ހުޅުވާލުމާ އެކު އިރުމަތީ ޣޫތާ އަށް ވެއްދި 46 ޓްރަކުގެ އެހީގެ ތަކެތީގައި ހިމެނޭ ބޭހުގެ ބޮޑު ބައެއް ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 6) - ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައިވާ ޗެކްޕޮއިންޓްތައް ހުޅުވާލުމާ އެކު އިރުމަތީ ޣޫތާ އަށް ވެއްދި 46 ޓްރަކުގެ އެހީގެ ތަކެތީގައި ހިމެނޭ ބޭހުގެ ބޮޑު ބައެއް ސީރިއާ ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.

ބޭހުގެ އިތުރުން އެހީގެ ޝިޕްމަންޓުގައި 27،500 މީހުންނަށް ބޭނުންވާނެ އަސާސީ އެހެން ބައެއް ތަކެތި ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި 5،500 ބަސްތާ ފުށް ވެސް ހިމެނެ އެވެ.

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގެ އޮފިޝަލަކު ވިދާޅުވީ އެހީގެ ސިޕްމަންޓުގައި ހިމެނޭ ބޭހުގެ 70 ޕަސެންޓް ސަރުކާރު ސިފައިން އަންގައިގެން އެ މީހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރުސީ) އިން ވެސް ބުނެފައި ވަނީ ބޭހުގެ ބައެއް ސާމާނު ސަރުކާރުން ބްލޮކްކޮށްފައިވާ ކަމަށެވެ.

ފެބްރުއަރީ 18 ވަނަ ދުވަހު އިރުމަތީ ޣޫތާ އަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ އާއްމުންގެ 700 މީހުން މަރުވެފަ އެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ފަހުން އާއްމުންގެ 45 މީހުން މަރުވެފައިވާ ކަމަށެވެ.

އިރުމަތީ ޣޫތާ އަށް ދޭ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް ސަލާމަތީ މަޖިލީހުން ވަނީ މިދިޔަ މަހު 24 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފަ އެވެ. ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެފައި ވަނީ ހަމަލާތަކަށް ހުއްޓުމެއް ނުގެންނާނެ ކަމަށެވެ. ދިމިޝްގުގެ އިރުން އޮންނަ އިރުމަތީ ޣޫތާގެ 30 ޕަސެންޓް މިހާރު ވަނީ ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފަ އެެވެ.