Roadha Mihaaru
އިރުމަތީ ޣޫތާގެ ދެބައިކުޅަ އެއްބައި ހިފައިފި

އިރުމަތީ ޣޫތާގެ ދެބައިކުޅަ އެއްބައި ސަރުކާރު ސިފައިން ހިފައިފި

08 މާޗް 2018

ދިމިޝްގު (މާޗް 8) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާގެ ދެބައިކުޅަ އެއްބައި ސީރިއާ ސަރުކާރަށް ވަފާތެރި ސިފައިން ހިފާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (މާޗް 8) - ސީރިއާގެ ވެރިރަށް ދިމިޝްގާ ކައިރީގައި އޮންނަ އިރުމަތީ ޣޫތާގެ ދެބައިކުޅަ އެއްބައި ސީރިއާ ސަރުކާރަށް ވަފާތެރި ސިފައިން ހިފާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

އިރުމަތީ ޣޫތާގައި ސީރިއާ ސިފައިން މިހާރު ދަނީ ބަރު ހަތިޔާރާ އެކު އެއްގަމު މަގުން ކުރިއަރަމުން ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ. ވައިގެ ހަމަލާތަކުގައި އިއްޔެ ވަނީ 62 މީހުން މަރުވެފަ އެވެ. ފެބްރުއަރީ 18 ވަނަ ދުވަހު އިރުމަތީ ޣޫތާ އަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް ވަނީ 850 މީހުން މަރުވެފަ އެވެ.

އިރުމަތީ ޣޫތާގައި ވައިގެ ހަމަލާތައް ކުރިއަށް ގެންދަނީ ހަމަލާތައް 30 ދުވަހަށް ހުއްޓާލަން އދ.ގެ ސަލާމަތީ މަޖިލީހުން ފެބްރުއަރީ 24 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައި ވަނިކޮށެވެ.

އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޒައިދު ރާދު އަލް ހުސައިން ވިދާޅުވެފައި ވަނީ އިރުމަތީ ޣޫތާގެ އާއްމުން ހިމާޔަތް ކުރަން ފިޔަވަޅު އަޅަނީ ކަމަށް ބުނެ ސީރިއާ ސަރުކާރުން ހަދަނީ ދޮގު ކަމަށެވެ.