Roadha Mihaaru
އެމްކިއުއޭއިން ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލަނީ

އެމްކިއުއޭ އިން ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލަނީ

17 ޖުލައި 2016

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ޖަހައިދެމުން އަންނަ "ރިކޮގްނިޝަން" ތައްގަނޑު، އަންނަ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެހުން ހުއްޓާލަން އެ އޮތޯރިޓީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ޖަހައިދެމުން އަންނަ "ރިކޮގްނިޝަން" ތައްގަނޑު، އަންނަ ސެޕްޓެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ޖެހުން ހުއްޓާލަން އެ އޮތޯރިޓީން ނިންމައިފި އެވެ.

އެމްކިއުއޭ އިން ބުނީ ރިކޮގްނިޝަން ތައްގަނޑު ޖެހުން ހުއްޓާލީ، ރާއްޖޭގައި ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމުތަކަކީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ ގިންތިތަކަށް ތައްޔާރުކޮށް އެމްކިއޭގެ ހުއްދައާއެކު ހިންގާ ޕްރޮގްރާމްތަކަކަށް ވާތީ ކަމަށެވެ. އަދި އެ ޕްރޮގްރާމްތަކުން ދަސްވެނިވާ ދަރިވަރުންނަށް ސަނަދު ދެނީ ވެސް، އެ ޕްރޮގްރާމް ހިންގާފައިވާ ގޮތް އެމްކިއުއޭ އިން ބަލައި ސަނަދު ދިނުމުގެ ހުއްދަ ދިނުމުން ކަން ފާހަގަކޮށްފައި ވެ އެވެ.

ސިވިލް ސާވިސްގެ ވަޒީފާ އަށް ކުރިމަތިލާން ހުށަހަޅާ ސަނަދުތަކުގައި އެމްކިއުއޭގެ ރިކޮގްނިޝަން ތައްގަނޑު ޖަހަންޖެހެ އެވެ. ނަމަވެސް އެމްކިއުއޭ އިން އެ ތައްގަނޑު ޖަހައިދޭން ހުއްޓާލުމުން ދިމާވެދާނެ ދަތިތައް ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނާއި އެމްކިއުއޭ އިން މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ވާ ގޮތުން ސިވިލް ސާވިސްގެ ވަޒީފާ އަށް އެދޭ ފަރާތްތަކުން ހުށަހަޅާ ސަނަދުތަކާ ގުޅޭގޮތުން މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ އެހީތެރިކަން އެމްކިއުއޭ އިން ދޭންޖެހޭނެ އެވެ.