Roadha Mihaaru
ފެނަކަ ހިންގުން ވަގުތީގޮތުން ހަލީމަށް

ފެނަކަ ހިންގުން ވަގުތީގޮތުން ހަލީމަށް

06 މާޗް 2018

ކަރަންޓް ކުންފުނި، ފެނަކަ ކޯޕަރޭޝަން ވަގުތީ ގޮތުން ހިންގެވުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާ ހަވާލުކުރަން ފެނަކަ ކޯޕަރޭޝަންގެ ބޯޑުން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކަރަންޓް ކުންފުނި، ފެނަކަ ކޯޕަރޭޝަން ވަގުތީ ގޮތުން ހިންގެވުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމާ ހަވާލުކުރަން ފެނަކަ ކޯޕަރޭޝަންގެ ބޯޑުން ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު ވަނީ އައްޔަން ކުރައްވާފަ އެވެ. ޝަރީފަކީ މިހާރު އިލެކްޝަން ކޮމިޝަންގެ ރައީސެވެ.

Elections commission ah Shareef ayyan kuran majileehun ruhun dheefi

Elections commission ah Shareef ayyan kuran majileehun ruhun dheefi

The most trusted news source in the Maldives

Mihaaru

ޝަރީފް އިލެކްޝަން ކޮމިޝަނަށް އައްޔަން ކުރުން--

ފެނަކަ ޑިރެކްޓަރުންގެ ބޯޑުން މިއަދު ނިންމާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ބޭފުޅަކު އައްޔަން ކުރަންދެން އެ ކުންފުނި ހިންގަވާނީ އެމްޕީއެލް ސީއީއޯ ހަލީމް ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމާ މިދިޔަ އަހަރުގެ މާޗް މަހު ހަލީމް ހަވާލުވެވަޑައިގެންފައިވާއިރު، އޭނާ ވަނީ އޭގެ ކުރިން އެމްޓީސީސީގެ ސީއީއޯގެ މަގާމާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ.