Roadha Mihaaru
ކުންފުނިތަކުން މިސްކިތްތައް ސާފު ކުރަން ފަށައިފި

ކުންފުނިތަކުން މިސްކިތްތައް ސާފު ކުރަން ފަށައިފި

12 މެއި 2018

ރޯދަޔަށް މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރޯދަޔަށް މިސްކިތްތައް ސާފު ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު 9 އިން ފެށިގެން މާލޭގެ 18 މިސްކިތެއް ސާފު ކުރުމުގެ މަސައްކަތް ކުންފުނިތަކުން ކުރަމުން އަންނަ ކަމަށެވެ.

އެކަމުގައި ބައިވެރިވާ ކުންފުނިތަކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އާއި ފެނަކަ އާއި އެމްޓީސީސީ އާއި އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯއާއި ހައްޖު ކޯޕަރޭޝަންގެ އިތުރުން އެސްޓީއޯ އާއި ވެމްކޯ އަދި އިސްލާމިކް ބެންކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ރޯދަ މަހުވެސް އެހެން އަހަރުތަކެކޭ އެއްގޮތަށް ރޭތައް އިޙުޔާ ކުރުމުގެ ޕްރޮގުރާމްތަކާއި ކުންފުނިތަކާއި ކޮލެޖުތަކަށް ހާއްސަ ގުރުއާން ކިޔެވުމުގެ މުބާރާތެއްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ހުޅުމާލޭގައި މުސްޙަފް ބެހުމުގެ އިތުރުން މިއަހަރު ރޯދަ މަހުގެ ފަހު 15 ގައި ދީނީ ސުވާލު މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.