Roadha Mihaaru
އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީމީހާ މަރުވެއްޖެ

06 މާޗް 2018

މ. ސިތާރާ ގޭގައި މިއަދު ރޯވި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީމީހާ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.

މ. ސިތާރާ ގޭގައި މިއަދު ރޯވި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީމީހާ މީގެ އިރުކޮޅެއް ކުރިން އައިޖީއެމްއެޗުގައި މަރުވެއްޖެ އެވެ.

އުމުރުން 48 އަހަރުގެ ބަންގްލަދޭޝްގެ އެ މީހާ މަރުވީ ދުމުގެ އަސަރު ކޮށްފައިވާތީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި ބުނީ އަލިފާން ރޯވިއިރު ބިދޭސީމީހާ އޮތީ އެ ގޭގައި ނިދާފައި ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހަރަކާތެއް ނެތް ކަމަށެވެ.

އެނގިފައިވާ ގޮތުން މަރުވި މި ބަންގްލަދޭޝް މީހާ އަކީ ވޯކްޕާމިޓް ނެތި ރާއްޖޭގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އެއް ކުއްޖަކު ދުނިޔޭގައި ހުރިއިރު އަނބިމީހާ މަރުވެފައިވާ ކަމަށް ވެ އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް އަލިފާން ރޯވި ސިތާރާ ގޭގައި މުޅިން ވެސް އުޅެނީ ބިދޭސީންނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގެ ތިރީ ބުރީގައި ހުރި ބަދިގެއެއްގައި ކަމަށާއި އަލިފާނުގެ އަސަރު ގޭގެ ދެވަނަ ބުރި އަށް ވެސް ކޮށްފައިވާ ކަމަށެވެ.