Roadha Mihaaru
ފޭކް ބޭހެއް ދައުރުވާތީ، ރާއްޖެ ނުގެންނަން އަންގައިފި

ފޭކް ބޭހެއް ކެމެރޫންގައި ދައުރުވާތީ، އެތަކެތި ރާއްޖެ އެތެރެ ނުކުރަން އަންގައިފި

09 މާޗް 2018

ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް ކަމަށްވާ އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް ފޭކް ބޭސްތަކެެއް ކެމެރޫންގައި ދައުރު ވަމުންދާތީ، އެ ބެޗްގެ އެ ބޭސް ރާއްޖެ އެތެރެ ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބެކްޓީރިއަލް އިންފެކްޝަނަށް ބޭނުންކުރާ އެންޓިބައޮޓިކެއް ކަމަށްވާ އަގުމެންޓިންގެ އަސްލާ ވަރަށް އެއްގޮތް ފޭކް ބޭސްތަކެެއް ކެމެރޫންގައި ދައުރު ވަމުންދާތީ، އެ ބެޗްގެ އެ ބޭސް ރާއްޖެ އެތެރެ ނުކުރަން ހެލްތު މިނިސްޓްރީން އަންގައިފި އެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ނެރުނު ފާމަސޫޓިކަލް އެލާޓްގައިވާ ގޮތުން އަގުމެންޓިން ޓެބްލެޓްގެ އަސްލާ އެއްގޮތް ފޭކް ބޭސްތަކެއް ކެމެރޫންގައި ދައުރުވަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ކަމަށްވާ ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ އިއުލާނުގައި ބަޔާންކުރާ ބެޗްގެ ބޭސް ރާއްޖެ އެތެރެ ނުކުރުމަށާއި އަދި ނުވިއްކަން އަންގާ ކަމަށް އެ އެލާޓްގައިވެ އެވެ.

އެ އެލާޓްގައިވާ ގޮތުން ކެމެރޫންގައި ދައުރުވަމުންދާ ފޭކް ބޭހަކީ މެއި، 2016 ގައި ތައްޔާރުކޮށް، އަންނަ އަހަރުގެ މެއި މަހު މުއްދަތު ހަމަވާ ކަމަށް ލިޔެފައިވާ ބޭހެކެވެ.