Roadha Mihaaru
ރާއްޖެއާ މެދު ކަންބޮޑުވާތީ ނިހާން ސުވާލެއް ގައުމުތަކަށް

ސީރިއާ އާއި ފަލަސްތީނުގެ ކަންކަން ކުށްވެެރިކުރަން ގައުމުތަކަށް ނުކުރެނީ ކީއްވެތޯ ނިހާން ސުވާލު ކުރައްވައިފި

09 މާޗް 2018

ރާއްޖޭގެ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން ނުކުރިގެން އުޅެނީ ކީއްވެތޯ ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ސުވާލު އުފައްދަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ހާލަތާ މެދު ދުނިޔޭގެ ބޮޑެތި ބާރުތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ފަލަސްތީނާއި ސީރިއާގައި ހިނގަމުންދާ ޖަރީމާތައް ކުށްވެރި ކުރަން ނުކުރިގެން އުޅެނީ ކީއްވެތޯ ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ސުވާލު އުފައްދަވައިފި އެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އެކި ގައުމުތަކާއި އދ. އާއި ޔޫރަޕިއަން ޔޫނިއަންގެ ފާޑު ކިޔުން ރާއްޖެއަށް ވަނީ އަމާޒުވެފަ އެވެ.

ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ހަބަރެއްގެ ވީޑިއޯ ފޭސްބުކްގައި ޝެއާ ކުރުމަށް ފަހު ނިހާން ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތާއި އީޔޫއަށް އެ މަންޒަރުތައް ނުފެންނަނީތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ. އަދި ރާއްޖެއަށް ވަފުދުތައް ފޮނުވައި، ފިޔަވަޅު އަޅަން ގައުމުތަކުން ފޫގަޅައިގެން ތިބިއިރު ސީރިއާ އާއި ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާތައް ކުށްވެރިކޮށްލާނެ ހިތްވަރެއް ބޮޑެތި ބާރުތަކުގެ ނެތީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"މި ބޮޑެތި ގައުމުތަކުން ކަންބޮޑުވަނީ ރާއްޖޭގައި ހިނގާ ކަންތައްތަކަށް ކަމަށްވާ ނަމަ، ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެއް ނޫންތޯ؟،" ނިހާން ލިޔުއްވާފައިވެ އެވެ.

ނިހާން ކުރެއްވި ޓްވީޓް

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށާއި އަދި ރާއްޖޭގެ ހާލަތު ރަނގަޅު ނުކޮށްފި ނަމަ ރާއްޖޭގެ ވަކިވަކި ފަރާތްތަކާ މެދު ފިިޔަވަޅު އަޅާނެކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަނުން ވަނީ ދީފަ އެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް ކައުންސިިލުން ވަނީ ރާއްޖެ އަށް ވަފުދެއް ފޮނުވަން ވެސް ނިންމައިިފަ އެވެ.