Roadha Mihaaru
ފްލޯ ކްރޮސިންގެ ބިލް މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ

ފްލޯ ކްރޮސިންއާ ބެހޭ ބިލް މަޖިލީހުގައި ކުރިއަށް ގެންދިއުން ސުޕްރީމް ކޯޓުގެ އަމުރާ ޚިލާފު: ވަކީލު ރިފްއަތު

10 މާޗް 2018

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެެއްޖެ އެވެ.

ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ގާނޫނީ ވަކީލު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެެއްޖެ އެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ ނޮވެމްބަރު 28، 2012 ގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރަކަށް ރިއާޔަތް ކުރައްވަމުންނެވެ.

އެ އަމުރުގައި ވަނީ، ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަ އަކަށް އަސަރު ފޯރާ ފަދަ ގޮތަކަށް ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން ނުވަތަ އެހެން ފަރާތަކުން ވިޔަސް ކުރާ ކޮންމެ އަމަލަކީ ނުވަތަ ނިންމާ ކޮންމެ ނިންމުމަކީ އޭގެ ޒާތުގައި ބާތިލު ކަމެއް ކަމަށާއި އެ ބާވަތުގެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އަންގައިފަ އެވެ.

"ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން 2017 ގައި ނިންމި މައްސަލަ ބާތިލު ކަމަށް ކަނޑައެޅުމުން، އެކަމާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް 'ދުސްތޫރީ' މައްސަލައެއް ހުށަހަޅާފައިވާއިރު، އެންޓި ޑިފެކްޝަން ބިލެއް މަޖިލިސް އަށް ހުށަހަޅައި ފާސްކުރުމަކީ ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުތައް ހުއްދަ ކުރާ ކަމެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.

ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމުން އިސް ނަގައިގެން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތް ހަދަން އެންޓި ޑިފެކްޝަން ބިލެއް މި މަހުގެ ފަސްވަނަ ދުވަހު މަޖިލީހަށް ވައްދައިފަ އެވެ. އަދި އެ ބިލުގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހަށް އިއްވައިފަ އެވެ.

މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ. ދައުލަތުން ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އެގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން، އޭރު ޕީޕީއެމުން ވަކިވެފައި ތިބި 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އެވެ.

އެގޮތަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލް ކުރާ ކަމަށާއި އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށެވެ.

ނަމަވެސް، އެ އަމުރު އެގޮތަށް ނެރެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ފަހުން ވަނީ އެ އަމުރުގެ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. އެގޮތަށް އަމުރެއް ނެރުނީ ކުރީގެ އަމުރުގެ އެ ބައި ބާތިލް ކުރަން ދައުލަތުން ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލާގައި ގޮތެއް ނިންމެންދެނެވެ.