ފުލުހުން ބަލަމުން އަންނަ އެކި މައްސަލަތަކުގެ މައުލޫމާތު ބައެއް ފުލުހުންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހޯއްދެވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
11 މާޗް 2018
ފުލުހުން ބަލަމުން އަންނަ އެކި މައްސަލަތަކުގެ މައުލޫމާތު ބައެއް ފުލުހުންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ހޯއްދެވި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ރިޔާޒްގެ މައްޗަށް ދައުލަތުން ކުރާ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން އިއްވި ދައުވާގައިވާ ގޮތުން، 2015 ވަނަ އަހަރުން ފެށިގެން ފުލުހުން ބަލަމުން އަންނަ އެކިއެކި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ރޭންކްތަކުގެ ފުލުހުންނާ ސުވާލުކޮށް، އެކަންކަމާ ގުޅިގެން މުއާމަލާތު ކޮށްފައިވާ ކަމަށެވެ.
ދައުލަތުން ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާއަށް އިންކާރު ކުރައްވައިފަ އެވެ. އަދި ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށް ވިދާޅުވެ، އެކަމަށް 10 މުއްދަތެއް ދެއްވުމަށް ރިޔާޒް އެދިވަޑައިގަތެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ބަންދުގައި ހުންނެވި ރިޔާޒް ވިދާޅުވީ ވަކީލަކު ހަމަޖައްސައި، މައްސަލައަށް ތައްޔާރުވާން މިހާރު ފަސޭހަ ނުވާނެ ކަމަށެވެ.
ވަކީލަކު ހަމަޖައްސަން ރިޔާޒަށް ގާޒީ ހައިލަމް ދެއްވީ ފަސް ދުވަހެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ތައްޔާރުވެގެން ވަޑައިގަތުމަށް ރިޔާޒަށް އެންގެވި އެވެ.
އެ ދައުވާ ސާބިތުވެއްޖެ ނަމަ ރިޔާޒްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ރިޔާޒްގެ މައްޗަށް ކުރާއިރު އޭނާގެ މައްޗަށް ދައުވާލިބޭ އިތުރު ދެ މައްސަލައެއް ވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި އެބައޮތެވެ. އޭނާގެ ދެވަނަ މައްސަލައެއްގެ ގޮތުގައި ކްރިމިނަލް ކޯޓުގައި މިހާރު އޮތީ މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ރިޔާޒާއި މަޖިލީހުގެ އިތުރު 11 މެމްބަރަކަށް ކުރާ ދައުވާ އެވެ.
ހައި ކޯޓުގައި އޮތީ ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައި، ފޯނު ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނާ މައްސަލަ އެވެ. އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.
ރިޔާޒަށް ހުކުމް ކުރުން މިއަދަށް ތާވަލުކޮށްފި
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ރައުދު ކުށަށް އިއުތިރާފްވެއްޖެ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކި މީހުންގެ ވިސާއެއް ނެތް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ސިނގިރެޓް ވައްކަމުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދު
ވަގު ސިނގިރޭޓު މައްސަލަ: މުއާޒު ބަންދަށް 10 ދުވަސް