Roadha Mihaaru
މުހައްމާގެ މައްޗަށް ފަސް ތުހުމަތެއް

މުހައްމާގެ މައްޗަށް ފަސް ތުހުމަތެއް

14 މާޗް 2018

ރިޝްވަތުގެ ތުހުމަތު ކޮށްފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު ކޮށް، ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޝްވަތުގެ ތުހުމަތު ކޮށްފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު ކޮށް، ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފި އެވެ.

ތަހުގީގަށް މުހައްމާ މިއަދު ފުލުހުންގެ އިދާރާ އަށް ވަނީ ހާޒިރުކޮށްފަ އެވެ. އޭނާ އަށް ތުހުމަތު ކުރަނީ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.

އެ ތުހުމަތާ އެކު ފަސް ކުށެއް ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެއީ ކުށްކުރަން ރޭވުމާއި ރިޝްވަތުގެ ކުށާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން ގާނޫނު ހިންގުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށެވެ. އޭގެ އިތުރުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުން ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް ފޯނު އަތުލުމަށް ފަހު މުހައްމާ ދޫކޮށްލާފައިވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ދިނުމަށްފަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް ފަހު، ސަރުކާރާ ދެކޮޅު އެއްވުންތަކާއި މުޒާހަރާތަކުގައި މުހައްމާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.