Roadha Mihaaru
ސަޖަން އާއި ނިޝްވާން އޮލިމްޕިކްސްގައި ބައިވެރިވަނީ

ސަޖަން އާއި ނިޝްވާން އޮލިމްޕިކްސްގައި ބައިވެރިވަނީ

18 ޖުލައި 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އަންނަ މަހު ބާއްވާ އޮލިމްޕިކް ގޭމްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖޭގެ އެއް ވަނަ ދެ ފެތުންތެރިން ކަމަށްވާ އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހިމް ބައިވެރިވާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި އަންނަ މަހު ބާއްވާ އޮލިމްޕިކް ގޭމްސްގެ ފެތުމުގެ އިވެންޓުގައި ރާއްޖޭގެ އެއް ވަނަ ދެ ފެތުންތެރިން ކަމަށްވާ އައިމިނަތު ސަޖަން އާއި ނިޝްވާން އިބްރާހިމް ބައިވެރިވާނެ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ސަޖަން އާއި ނިޝްވާނަށް އޮލިމްޕިކްސް އިން ފުރުސަތު ލިބުނީ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކަށް އެތުލެޓިކްސް އިން ދޭ ހާއްސަ ދެ ޖާގައިގެ ތެރެއިންނެވެ. މި ދެ ފެތުންތެރިންނަށް ފުރުސަތު ދޭން ނިންމީ ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާ ބެހޭ ޖަމިއްޔާ އިން ފާއިތުވި ދެ އަހަރު ބޭއްވި ފެތުމުގެ މުބާރާތްތަކުގައި ވާދަކޮށް ހޯދާފައިވާ ނަތީޖާ އާއި ކުރި އެރުމަށް ބެލުމަށް ފަހު އެވެ.

ނިޝްވާން ފެތުމަށް ހަމަޖެހިފައިވަނީ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގަ އެވެ. ސަޖަން ފެތުމަށް ހަމެޖިފައިވަނީ އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓުގަ އެވެ.

އޮލިމްޕިކްސްގައި ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ރާއްޖޭގެ ގައުމީ ހެޑް ކޯޗު އިސްމާއިލް ފަރުހާނެވެ. އަދި ޓީމުގެ މެނޭޖަރަކީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޝާރިފެވެ.

ނިޝްވާން އާއި ސަޖަން މިވަގުތު ދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ފީނާ އަދި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ އޮލިމްޕިކް ސޮލިޑާރިޓީ ޕްރޮގްރާމްގެ އެހީތެރިކަމާ އެކު ރާއްޖެއިން ބޭރުގައި ތަމްރީން ހަދަމުންނެވެ. ނިޝްވާން ތަމްރީން ހަދަމުން އަންނަނީ ސައުތު އެފްރިކާގެ ޑާބަންގަ އެވެ. އަދި ސަޖަން ފަރިތަކުރަމުން އަންނަނީ ތައިލެންޑްގެ ޕުކެޓް ގައެވެ.